Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 11:55
ރައީސް އޮފީސް
ޖޭއެސްސީގެ މެމްބަރު ކަމަށް މަސްތޫރު ހުސްނީ އައްޔަނުކޮށްފި
މަސްތޫރު އަކީ ގާނޫނީ ވަކީލެއް

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ސ. ހިތަދޫ ފިތުރޯނުގެ އަލްއުސްތާޛު މަސްތޫރު ޙުސްނީ  އައްޔަނު ކުރައްވައިފިއެވެ. 

ޤާނޫނީ ވަކީލުކަންވެސް ކުރައްވާ މަސްތޫރު ޖޭއެސްސީގެ މެމްބަރު ކަމަށް ބުދަ ދުވަހު އައްޔަނު ކުރައްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. 

މަސްތޫރު އެމަގާމަށް ހަމަޖައްސަވާފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ. އެގޮތުން ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (އ) ގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވާލައްވާފައި ވާއިރު، ރައީސް އައްޔަނު ކުރައްވާ ބޭފުޅަކު ހިމެނިގެންވާނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. 

ކުރިން އެޓަރނީ ޖެނެރަލް އޮފީހުގައިވެސް މަސައްކަތް ކުރައްވާފައިވާ މަސްތޫރު އަކީ ފާއިތުވި ރިޔާސީ އިންތިހާބުގެ ސައްހަކަން ސާބިތުކޮށްދެއްވުމަށް އިއްތިހާދުގެ ފަރާތުން މަސައްކަތް ކުރެއްވި ޤާނޫނީ ޓީމުގައިވެސް ހިމެނޭ ބޭފުޅެކެވެ. 

ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް