Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 00:03
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
ނޫސްވެރިކަން
ނޫސްވެރިކަމާއި ނުލާ ސަރުކާރެއް އޮތުމަށްވުރެ، ސަރުކާރަކާ ނުލާ ނޫސްވެރިކަމެއް އޮތުން ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރަން މުހިންމު: ރައީސް
ނޫސްވެރިންގެ އެންމެ އިސް އެއް މަސްލަހަތަކީ ޤައުމީ މަސްލަހަތު
މިދިޔަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަޑުބަޑު ވެގެންދިޔައިރު އެކަމުގެ ހަޤީޤަތްތައް ހާމަކުރުމުގެ ޒިންމާ ނޫސްވެރިން ނުނެންގެވިނަމަ މިއަދު މި ރާއްޖެ އޮންނާނީ ކުރީގައި އޮތް ހާލަތުގައި

ނޫސްވެރިކަމާއި ނުލާ ސަރުކާރެއް އޮތުމަށްވުރެ، ސަރުކާރަކާ ނުލާ ނޫސްވެރިކަމެއް އޮތުން ވެސް ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރަން މާ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނޫސްވެރިންގެ އެންމެ އިސް އެއް މަސްލަހަތަކީ ޤައުމީ މަސްލަހަތު ކަމަށެވެ. އަދި މިދިޔަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަޑުބަޑު ވެގެންދިޔައިރު އެކަމުގެ ހަޤީޤަތްތައް ހާމަކުރުމުގެ ޒިންމާ ނޫސްވެރިން ނުނެގިނަމަ މިއަދު މި ރާއްޖެ އޮންނާނީ ކުރީގައި އޮތް ހާލަތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަޑުބަޑުވެގެން ދިޔައިރު އެކަމުގެ ހަޤީޤަތްތައް ހާމަކުރުމުގެ ޒިންމާ ނޫސްވެރިން ނުނެންގެވިނަމަ މިއަދު މި ރާއްޖެ އޮތީހީ ކުރީގައި އޮތް ހާލަތުގައި. މި ރާއްޖޭގައި އޮތީހީ ގޮށްމުށުގެ ބާރާ އަނިޔާވެރިކަން. ކޮރަޕްޝަނާ ފަސާދަ، ޤާނޫނުތަކާ ޤަވާއިދުތައް ހަދައިގެން ނޫސްވެރިންނަށް ބިރުދައްކަން ދިޔައިރު ވެސް ޤައުމުގެ ހައްޤުގައި ނޫސްވެރިން އެ ދުވަހު އެ މަސްއޫލިއްޔަތު އުފުލި. ޤާނޫނަކުން އެމީހުންނާ އެ ޒިންމާތަކެއް ހަވާލުކޮށްގެނެއް ނޫން، ޤާނޫނީ އެއްވެސް ހިމާޔަތެއް ވެސް ލިބިގެނެއް ނޫން. ނޫސްވެރިން އެދުވަހު ބިރު ފަހަނައަޅާ ނިކުމެ ސަރުކާރުގެ ނުރަނގަޅު އަމަލުތައް ހާމަކުރީ މި ޤައުމަށް ހެޔޮ އެދޭތީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.  

ސަރުކާރުތަކުން ކޮރަޕްޝަނާ ފަސާދައިގެ ޖަރިމާތައް ހިންގުމުން އެކަންތައްތައް ރިޕޯޓު ކުރުމަކީ ސަރުކާރުތައް ހިތްހަމެޖެހޭ ކަމެއް ނޫން ކަމަށާއި މި ރާއްޖޭގައި ވެސް ކަންތައްތައް ހިނގާފައިވަނީ އެހެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ސަޤާފަތް ދޫކޮށްލުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންދީގެން މި ސަރުކާރަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤާނޫނަކުން ބާރު ނުދިނަސް ނޫސްވެރިކަމަކީ ދައުލަތުގެ 4 ވަނަ ބާރު ކަމަށާއި އަދި އެއީ އެންމެ ނުފޫޒު ގަދަ އެއް ބާރު ކަމަށެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަކީ މި ސަރުކާރު ދެމި އޮތުމުގެ މައިބަދަ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް