Advertisement
ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 06:23
ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ
ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ
ގޫގުލް
ޖިންސީ ފުރައްސާރަ
ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށައިފި
އެ މުވައްޒަފު މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު
އެ މައްސަލައާ ބެހޭ ހުރިހާ ލިޔެކިޔުންތައްވެސް ފުލުހުންނާއި ހަވާލުކޮށްފައިވޭ

ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ، ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގައި އެކުލަވާލާފައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފަކު ހުށަހެޅި ޝަކުވާ، އެ ކޮމެޓީއިން ބަލައިގަނެ ކޮމިޓީއިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެ މުވައްޒަފު ހުށަހެޅި ޝަކުވާއާ ގުޅިގެން އެ މައްސަލަ ފުލުހުން މިހާރު ތަހުޤީޤު ކުރަމުންގެންދާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ މައްސަލައާ ބެހޭ ހުރިހާ ލިޔެކިއުންތައްވެސް މިނިސްޓްރީން ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ އަށް އެއްވެސް ޖާގައެއް ނުދިނުމަށާއި، މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އެފަދަ ފުރައްސާރަ އިން ރައްކާތެރިކުރުމުގެ ގޮތުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލައި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، އެކަން ކުރުމަށް ޤާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އޮފީސް މާހައުލާއި މަސައްކަތުގެ ދާއިރާގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވެ މުޅި ދުނިޔޭގައި އެކަމާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އެ ގޮތުން ހޮލީވުޑާއި ބޮލީވޫޑްގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ތަފާތު ފަރާތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ "MeToo#"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކުގެ ނަންތައް އާންމުކޮށް ފިޔަވަޅު އަޅައި މައްސަލަތައް ބެލުމަށް ގޮވާލަމުންދާ އިރު ބައެއް ފަރާތްތަކާ ދެކޮޅަށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް