Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 14:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
8 ސަފީރަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
އދ އާއި އީޔޫގެ ސަފީރު ކަމަށް ރުހުން ހޯދަން ހުށަހަޅާފައިވޭ
ދެބައިކުޅަ އެއްބައި ސަފީރުންނަކީ އަންހެން ބޭފުޅުން

ބޭރު ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާފައިވާ 8 ސަފީރަކަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި އަށް ނަމަކީ ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް ގ. ފިޔާތޮށިގެ، ހަސަން ސޯބިރާއި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހ. ދޫރިހާ، އައިޝަތު މުހައްމަދު ދީދީ އާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޑރ. އަބްދުﷲ މައުސޫމާއި، ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ހ. ސީވީޑް، އަހުމަދު ލަތީފާއި އިނގިރޭސީވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒު ފައިސަލާއި، އެމެރިކާއަށާއި އދ. އަށް ކަނޑައަޅާ ސަފީރު ކަމަށް މ. ނޫހިރި، ތިލްމީޒާ ހުސައިނާއި، މެލޭޝިއާއަށް ކަނޑައަޅާ ސަފީރު ހ. އާޒާދެވާދީ، ވިސާމް އަލީގެ އިތުރުން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގެވެ.

ރުހުން ހޯދަން ހުށަހަޅާފައިވާ 8 ސަފީރުން މަގާމުތަކަށް އައްޔަން ކުރާނީ އެ ބޭފުޅުންނަށް ރުހުން ދިނުމާމެދު މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމުމުންނެވެ. އެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅި މައްސަލަ ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހަޅާފައެވެ.

މި 8 ސަފީރުންގެ ދެބައިކުޅަ އެއް ބަޔަކީ އަންހެން ބޭފުޅުންނެވެ. އަދި ސަފީރުކަމަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން މީގެ ކުރިންވެސް ސަފީރުކަން ކުރައްވާފައިވާއިރު، ހުރިހާ ބޭފުޅުންނަކީވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް