Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 13:32
މިނިސްޓަރ މަހުލޫފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މިނިސްޓަރ މަހުލޫފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްރާންސްޕޭރަންސީ
އިންސާނީ ހައްގުތައް
އިންސާނީ ހައްގަކީ ހިފެހެއްޓުމެއް ނެތި ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް: މިނިސްޓަރ މަހުލޫފް
މިނިވަންކަމަކީ ކޮންމެ ފަރުދެއްގެ ހައްގެއް

އިންސާނީ ހައްގަކީ އެއްވަސް ވަރަކަށް ހިފެހެއްޓުމެއް ނެތި ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއްކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މިނިވަންކަމަކީ ކޮންމެ ފަރުދެއްގެ ހައްގެއްކަމަށާއި، އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ފުރުސަތުތައް ލިބެން ޖެހޭކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އިންސާނީ ހައްގުތަކަކީ ވަކި ކުލަޔަކަށް، ވަކި ފިކުރަކަށް ނިސްބަތް ވެގެން ލިބެންޖެހޭ އެއްޗެއް ނޫންކަމަށާއި، ކިތަންމެ ނުބައި މީހަކު ކަމުގައި ވިޔަސް އަދި ކުށް ކުރާ މީހެއް ކަމުގައިވިޔަސް ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާޒީގައި ހައްގުތައް ހިފެހެއްޓުމަށް މަސްކަތް ކުރިކަމަށާއި އިންސާނީ ހައްގަގެ މުހިއްމުކަން އެނގުނީ އަމިއްލަ ހައްގުތައް ނިގުޅައިގަތުމުން ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ މަހުލޫފް ވަނީ އަމިއްލަޔަށް ނުވަތަ އާއިލާއަށް އަނިޔާވެރިކަން ތަހައްމަލްކުރަން ނުޖެހެނީސް މިކަމާއި މެދު ފުންކޮށް ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ ފަސްއަހަރުގައި ގިނަ ބޭފުޅުން އަމިއްލަ މަސްލަހަތު އިސްކޮށްފައި ވާކަމަށާއި ރައްޔިތުން މަޖިލީހުގައި މެމްބަރުންނަށް މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅައި މަޖިލީހުގައި ތަޅު އަޅުވައި މެމްބަރުންނަށްވެސް އަނިޔާކުރިކަމަށާއި، މި އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރި ރައްޔިތުނަށް އަނިޔާކޮށް ކަރުނަ ގޭސް ޖަހާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓަރ މަހުލޫފު ވަނީ ކޯލިޝަން ސަރުކާރުން އިންސާނީ ހައްގުތައް ރައްޔަތުންނަށް ކަށަވަރުކޮށްދީ ގޯސްކޮށް ހުރި ކަންތައް އިސްލާހުކުރާނެކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް