Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 13:16
ފަޔާޒް (ވ) ރައީސް ސޯލިހާއިއެކު
ފަޔާޒް (ވ) ރައީސް ސޯލިހާއިއެކު
ސޯޝަލް މީޑިއާ
ސިޔާސީ މަޤާމުތައް
އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
އެމަޤާމަށް ވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި

އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު މުހައްމަދު ފަޔާޒް (އެފްއޭ) އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް ފަރާތްތަކުން އެފްއޭ ފަޔާޒް އިމިގްރޭޝަނާއި ހަވާލުވާން އުޅުއްވާކަމަށް ވާހަކަ ދައްކަމުންދާއިރު، އެޕާޓީގެ އިސް ބޭފުޅަކާއި އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ގުޅާލުމުން ވިދާޅުވީ "ހީވަނީ ތިކަން ވެއްޖެހެން" ކަމަށެވެ.

ފަޔާޒަކީ 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވުމުގެ ކުރިން މޯލްޑިވްސް އިންޑަސްޓްރިއަލް އެލަޔަންސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފަޔާޒަކީ ރައީސް ޔާމީންގެ ސަރުކާރާއި ޑރ. ވަހީދުގެ ސަރުކާރުގައި އިސް މަޤާމުތަކެއް އަދާކުރެއްވުމުގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިއާގެ ސަފީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އެފްއޭ ފަޔާޒަކީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އަރިސް ބޭފުޅެކެވެ.

ރައީސް ސޯލިޙްގެ ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަން ކުރައްވާ ބައެއް ފަރާތްތަކާމެދު ބައެއް ފަރާތްތަކުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާފައި ވީނަމަވެސް، ސިޔާސީ ގިނަ މަޤާމުތަކަށް އަދި ބޭފުޅުން އައްޔަންކޮށް ނިމިފައެއް ނުވެއެވެ. ސަރުކާރުގެ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރަނީ ކޯލިޝަން އެގްރިމެންޓާއި އެއްގޮތަށް، ކޮންމެ ޕާޓީއަކަށްވެސް ސަރުކާރުން ލިބިފައިވާ ހިއްސާގެ މިންވަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް