Advertisement
ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 19:03
ރައީސް ސޯލިޙް
ރައީސް ސޯލިޙް
ރާއްޖެ އެމްވީ
ރައީސް ސޯލިހު
ސަރުކާރުގެ އަޒުމަކީ ކޮރަޕްޝަންގެ ނުބައި ސަގާފަތް ރާއްޖެއިން ނައްތާލުން: ރައީސް
ކޮރަޕްޝަން ނައްތާލެވޭނީ ދައުލަތުގެ އެކި ނިޒާމްތަކާއި މުއައްސާސާތައް ބާރުވެރި ކުރުވުމުން

މި ސަރުކާރުގެ އަޒުމް ވަރުގަދަ ކުރާނީ ކޮރަޕްޝަންގެ ނުބައި ސަގާފަތް ރާއްޖެ އިން ނައްތާލުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލް އަގްވާމި އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮރަޕްޝަން ނައްތާލެވޭނީ ދައުލަތުގެ އެކި ނިޒާމްތަކާއި މުއައްސާސާތައް ބާރުވެރި ކުރެވި، ހަރުދާނަ ކުރުމުން ކަމަށެވެ.

 

ރައީސް ސޯލިހު މިހެންވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ހުރިހާ އިދާރާތްތަކުން އެއްބާރުލުން ދޭން މިއަދު ނެރުއްވި ހިތާބުގައި އިލްތިމާސްކުރައްވާފައެވެ.

ރައީސް ވެވަޑައިގެންފައިވާ ވައުދު ހަނދުމަފުޅު ކުރައްވަމުން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަމަށެވެ. ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
9 ޑިސެންބަރ 2018 | އާދީއްތަ 16:41
ކޮރައްޕްޓު ވެރިކަމުގައި
ތީހަމައެކޮރައްޕްޓު ވެރިކަމުގައި ތިބި ބޮޑިގާޑުން އަދިވެސް، ހުންނާނީ ފޮހެވިފަތާ