Advertisement
ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 17:43
މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެ އެމްވީ
ސާފުރާއްޖެ- އަހަރެންގެވެސް ޒިންމާ
މާލެ ސާފުކުރުމަށް މަހަކު އެއްދުވަސް ދެއްވުމަށް ވުޒާރާތަކުގެ ކިބައިން މޭޔަރ އެދިވަޑައިގަންނަވައިފި
ޝިފާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މޫނު މައްޗަކީ މާލެކަމަށް

މާލެ ސާފުކުރުމަށް މަހަކު އެއްދުވަސް ދެއްވުމަށް ވުޒާރާތަކުގެ ކިބައިން މާލޭ ސިޓީގެ މޭޔަރ އެދިވަޑައިގަންނަވައިފިއެވެ.

ހޮނިހިރު ދުވަހު ފެއްޓި ފުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދަައްކަވަމުން މޭޔަރ ޝިފާ ވިދާޅުވީ، މާލެ ސިޓީ ރީތި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ވުޒާރާތަކުން އެއްބާރުލުން ދެއްވާނެކަމާ މެދު ޝައްކު ނުކުރައްވާކަމަށެެވެ.

"އަޅުގަނޑަށް ޔަގީން މިކަމަށް ތިބޭފުޅުން ވަގުތު ދެއްވާނެކަން،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މޫނު މައްޗަކީ މާލެކަމަށް ވުމާއިއެކު މި މާލެ މުޅިން ސާފުވެގެން ދިއުމަކީ އެންމެ ބޮޑު އެއް އުއްމީދުކަމަށެެވެ.

މަގުމައްޗަކީ ކުނި އަޅާ ތަނެއްގެ ގޮތުގައި ނުހައްދަވާ ކުނި ނަގާ ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް ކުދި ބޮޑު އެންމެހާ ފަރާތްތަކުގެ ކިބައި ޝިފާ ވަނީ އެދިވަޑައި ގަންނަވާފައެވެ.

"ސާފުރާއްޖެ- އަހަރެންގެ ވެސް ޒިންމާ އެއް" މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގެވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ، މިފަދަ ކަންކަމުގައި އަމިއްލަ ފަރުދީ ޒިންމާގެ ވާހަކައަކީ އަބަދު ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.

"އަބަދުވެސް އިނގިލި ދިއްކޮށްލެވެނީ އަނެއް މީހާއަށް. ނޫނީ ސަރުކާރަށް. ސަރުކާރުން އެވެނިކަމެއް ނުކުރެއޭ. އެހެން ވާހަކަ ދައްކާއިރު ކޮބައިތޯ އަމިއްލަ ފަރުދީ ޒިންމާ. މިއަދު ފެށިގެން މިދަނީ ކޮންމެ ބޭފުޅަކު ވެސް އެކަން ހަނދާން ކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް" މީމު ޒަވިޔަނި ވިދާޅުވިއެވެ.

މީ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށާއި، ކޮންމެ މަހަކުހެން ޕްރޮގްރާމް ކުރިއަށް ގެންދިއުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. ތަފާތު އެކި ގޮތްގޮތަށް މި ޕްރޮގްރާމް ހިންގިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން ނުކުމެ ކުނި އުކާލާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް އެދޭކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބުރަހިމް ނައީމް ވިދާޅުވީ، މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަމަލީގޮތުން ބައިވެރިވެ ވަޑައިގެން މިފަދަ ކަމެއް ފެއްޓެވުމަކީ މިކަމުގެ މުހިއްމުކަން ދޭހަ ކޮށްދޭ ކަމެއް ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖެއަކީ ސާފުތާހިރު ކަމަށް މަޝްހޫރު ގައުމެއްކަމަށާއި ފަހަަކަަށް އައިސް އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށި ނުތާހިރުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ގައުމީ ހަރަކާތެއް ފެއްޓެވީތީ އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ސާފުކުރުމަށް އަމާޒު ހިފައި "ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ އެއް" މި ޝިއާރުގެ ދަށުން ފެށިގެންދިޔަ މި ޕްރޮގްރާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިއަަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުން ބުނީ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
8 ޑިސެންބަރ 2018 | ހޮނިހިރު 18:08
3ެރތ5
ކޮބާހޭ ކޮންމެ މަހަކު 8000 ދީފަ ތިބޭ ޔާނުގެ ކުދިން ކޮޅު.. އެމީހުންގެ ޒިންމާވެސް ތީގަ ހިމެނޭ..