Advertisement
ކ. މާލެ
|
9 ޑިސެންބަރ 2018 | އާދީއްތަ 17:23
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވަނީ...
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވަނީ...
ޓްވިޓަރ
ޑިޒާސްޓަރ ސެންޓަރ
ވިއްސާރައިގައި 210 ގެއަކަށް ވަނީ ގެއްލުން ވެފައި:ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ
130 ގެއެއްގެ އެސެސްމެންޓް ރިޕޯޓް ވަނީ ނިމިފައި
ހުރިހާ ރިޕޯޓެއް ހޮނިހިރު ދުވަހު ނިމޭނެ

މާލެ ސިޓީއަށް މިމަހުގެ 5 ގައި ކުރި ވިއްސާރައިގައި 210 ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އޮފް މޯލްޑިވްސް(އެންޑީއެމްސީ) އިން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން ބުނީ ގެއްލުން ވެފައިވާ 210 ގެތަކުގެ ތެރެއިން 130 ގެއެއްގެ އެސެސްމަންޓް ރިޕޯޓު ހަދާ ނިންމާލެވިފައިވާކަމުގައެވެ.

 އަދި ބާކީ ހުރި 79 ގެއަކަށް އެސެސްމަންޓް ރިޕޯޓުތައް ހޮނިހިރު ދުވަހު އެއްކޮށް ނިންމާލެވޭނެކަމަށް އެ ސެންޓަރުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ހިފާގެންގުޅޭ އެއްޗިއްސާ ކަރަންޓު ސާމާނު ފަދަ އެއްޗިއްސަށް ވަނީ ގެއްލުން ލިބިފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް