Advertisement
ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 18:53
އަދީބު (ކ) އަދި ޝައިނީ (ވ)
އަދީބު (ކ) އަދި ޝައިނީ (ވ)
ވީނިއުސް
ކުރީގެ ނައިބު ރައީސް އަދީބު
ލޯންޗް ގޮއްވާލި މައްސަލައިގައި އަދީބު ދައްކާ ވާހަކަ ޤަބޫލުކުރެވޭ: ޝައިނީ
ޝައިނީ، އަދީބުއާއި ބައްދަލުކުރައްވާފައި މިވަނީ މަޖިލިސް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ހަވާލުކުރިތާ 24 ގަޑިއިރު ނުވަނީސް

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަވާ ވާހަކަ ޤަބޫލުކުރެވޭކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އަދީބު ހައްޔަރުކުރި ފަހުން ރައީސް ޔާމީންގެ އެންމެ އަރިސް ވަޒީރެއްގެ ގޮތުގައި އިންތިޚާބާއި ހަމަޔަށް ހުންނެވި ޝައިނީ ވަނީ ހުކުރު ދުވަހު އަދީބުއާއި ބައްދަލުކުރެއްވިކަން ހާމަކުރައްވާފައެވެ. އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަދީބާއި ބައްދަލުކުރެއްވީ "ލޯންޗް ގޮއްވާލި ޙާދިސާގައި އޭނާ މަރާލަން އުޅުނީ ކާކުތޯ" ސާފުކުރުމަށްކަމަށެވެ. އަދި އެކަމުގައި އަދީބު ދެއްކެވި ވާހަކަފުޅު ޤަބޫލުފުޅު ކުރައްވަން ފަސޭހަކަމަށް ޝައިނީ ވިދާޅުވިއެވެ.

33 އަހަރުގެ ޖަލު ހުކުންތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.

ޝައިނީ އާއި އަދީބަކީ، އަދީބު ހައްޔަރުކުރުމުގެ ކުރިން ވަރަށް ގާތްކޮށް އުޅުއްވި 2 ބޭފުޅުންނެވެ.

އަދީބާއިއެކު ޝައިނީ ބައްދަލުވުމެއް ބާއްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމަށް، ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީން  ދެއްވިތާ 24 ގަޑިއިރު ނުވަނީހެވެ. 

ޝައިނީ މިވަގުތު ރާއްޖޭގައި ހުންނެވިނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން އާއިލީ ކަމެއްގައި ޝައިނީ މިހާތަނަށް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

މި ބައްދަލުވުމާއި ބެހޭ އިތުރު ތަފްޞީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
7 ޑިސެންބަރ 2018 | ހުކުރު 16:38
ލޮންޑަރީން
މަނީ ލޮންޑަރީން ޝެއާ ލިިބުނީމަވާނީ ތިޔަހެން، އެހެންޤައުމެއްނަމަ ފުރާނަވެސް ސަލާމަތްނުވާނެ ތިކަހަލަކަމެއްކޮށްފަ