Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 12:44
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދާއި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން
ރާއްޖެއެމްވީ
އެމްޑީޕީ
މަޖިލިސްގެ ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ސޮއިކުރަމުން
ހުރިހާ ކެންޑިޑޭޓުން ފޯމް ހުށަހަޅަން ޖެހެނީ އެކެންޑިޑޭޓަކަށް ތާއީދު ކުރާ 200 މީހުންގެ ސޮއާއެކު
މަޖިލިސްގެ ޕްރައިމަރީގެ ވޯޓުލުން 18 ޖެނުއަރީ 2019 ގައި

ރައްޔިތުން މަޖިލިސްގެ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުން އެބަދެއެވެ.

އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ވާދަކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ދޭން ނިންމާފައިވަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުންނެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ނުކުންނަން ބޭނުންވާ ހުރިހާ ކެންޑިޑޭޓުން ވެސް އަންނަނީ މިޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.

މަޖިލީހުގެ ޕްރައިމަރީގައި ވޯޓު ލެވޭނީ ހަމައެކަނި އެމްޑީޕީ މެންބަރުންނަށް ކަމަށްވާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެމްޑީޕީއަށް ސޮއިކުރަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ފޯމް ހުށަހަޅަން ޖެހެނީ އެކެންޑިޑޭޓަކަށް ތާއީދު ކުރާ 200 މީހުންގެ ސޮއާއެކު ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. 

ޕްރައިމަރީގައި ބައިވެރިވުމާއި، ވޯޓު ލެވޭނީ 7 ޑިސެންބަރު ވާ ހުކުރު ދުވަހުގެ 23:00 އާހަމައަށް މެމްބަރޝިޕް ފޯމް އެޕާޓީއަށް ހުށަހަޅާ ފަރާތްތަކަށްށެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ވޯޓަރސް ލިސްޓް އާއްމުކުރުމާއި ވޯޓަރސް ލިސްޓްއަށް ޝަކުވާއަށް ހުށަހެޅުމަށް ހުޅުވާލޭނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

މީގެ އިތުރަށް އެމްޑީޕީން ބުނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުހަމަވާއިރު، މައްސަލަތައް ބެލުމަށްފަހު ފައިނަލް ވޯޓާރސް ލިސްޓު މިމަހުގެ 18 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ. އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 19 އަށް ހަމަވާނެ ކަމަށެވެ. އަދި މަޖިލިސްގެ ޕްރައިމަރީގެ ވޯޓުލުން 18 ޖެނުއަރީ 2019 ގައި ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ޕްރައިމަރީގައި ކާމިޔާބު ކުރާ ފަރާތަކަށް އެޕާޓީގެ ޓިކެޓްގައި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެވޭއިރު، ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލަން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލައިގެން 2014 ވަނަ އަހަރު އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 26 ގޮނޑިއެވެ. އެފަހަރު އެމްޑީޕީއާ ދެކޮޅަށް ކޯލިޝަން ހަދައިގެން ނުކުތް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ ކޯލިޝަނުން މަޖިލީހުގެ 53 ގޮނޑި ކާމިޔާބު ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް