Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 08:44
މައުރޫފް ޒާކީރް ފަލަ ސުރުހީ ޕްރޮގްރާމަގައި
މައުރޫފް ޒާކީރް ފަލަ ސުރުހީ ޕްރޮގްރާމަގައި
ރާއްޖެއެމްވީ
އެމްއެލްއެސްޑީޕީ
އެމްއެލްއެސްޑީޕީން މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓަކު ނެރެނީ
ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ

އަލަށް އުފައްދާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އެމްއެލްއެސްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މައުރޫފް ޒާކިރު ވިދާޅުވީ މާޗް މަހުގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން އެބަހުރި ކަމަށާއި މިހާރުވެސް ބައެއް ފަރާތްތަކުން އެޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި ނިކުންނަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެހެން ޕާޓީތަކޭ އެއްފަދައިން އެމްއެލްއެސްޑީޕީގެ އަމާޒަކީ ރަނގަޅު ކެންޑިޑޭޓަކު ނެރުންކަމަށެވެ. އެ ޕާޓީގެ ރެޖިސްޓްރީކުރުމުގެ ކަންކަން ނިމުމާއެކު އިންތިހާބަށް ވާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައުރޫފް ވިދާޅުވީ އެޕާޓީ އުފެއްދުމަށްޓަކައި މަސައްކަތްތެރިންގެ ގިނަ ޖަމްއިއްޔާތަކުން އެއްބާރުލުން ލިބެމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީ ހިންގާނީ މަސައްކަތްތެރިން ބޭނުންވާ ގޮތަށް ކަމަށެވެ.

"މަސައްކަތްތެރިން ބޭނުމިއްޔާ އަޅުގަނޑުމެންނަށް މި ޕާޓީ ހަދައިގެން ކުރިޔަށް ގެންދެވޭނީ. މަސައްކަތްތެރިން އެބަ އަންނަން ޖެހޭ. މަސައްކަތްތެރިން މި ޕާޓީ އަށް ޖޮއިން ކުރަންޖެހޭ،" މައުރޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ލެކްޝަންސް ކޮމިޝަނުން (އީސީ) އިން، ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށް ދީފައިވަނީ މި އަހަރު އޮގަސްޓް މަހުއެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި 3000  މެމްބަރުންގެ ފޯމް ވަނީ އިލެކްޝަން ކޮމިޝަނާ ހަވާލުކޮށްފައެވެ. އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް