Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 20:46
ޣައްސާން މައުމޫން:
ޣައްސާން މައުމޫން:
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ޣައްސާން ޕީޕީއެމް ޓިކެޓުގައި ގުރައިދޫ ދާއިރާއަށް، އިތުރު 19 ޓިކެޓެއް ދީފައިވޭ
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިން މީހުންގެ އަދަދު 41އަށް އަރާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ޕީޕީއެމްގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ނުކުތުމަށް ޓިކެޓް ދެއްވައި، އިތުރު 19 ދާއިރާ އަކަށް ޕްރައިމަރީއަކާ ނުލައި ވާދަ ކުރުމަށް ޕީޕީއެމުން ޓިކެޓު ދީފިއެވެ.

މަޖިލީހަށް ވާދަ ކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ޣައްސާނަށް ދީފައި ވަނީ ޔާމީންގެ ވެރިކަމުގައި، ބައްޕާފުޅު މައުމޫން ޖަލަށްލެެއްވުމުން އެކަމާ ދެކޮޅަށް ނުކުމެވަޑައި ނުގެން، އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނަވަނިކޮށެވެ. މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން، ބައްޕާފުޅަށް ލިބުނު އަނިޔާތަކާ ދެކޮޅަށް އެއްޗެއް ވިދާޅުނުވަނީ ވެސް ޣައްސާން އެކަންޏެވެ.

ޕީޕީއެމުން ބުރާސްފަތި ދުވަހުގެ ރޭ އިއުލާން ކުރި އަދަދު ތަކާއެކު، ޕްރައިމަރީ އަކާ ނުލައި ޕީޕީއެމުން ޓިކެޓް ދިން މީހުންގެ އަދަދު 43 އަށް އަރައެވެ.

ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދިން މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާޒިމާ ޝުކޫރު ހިމެނި ވަޑައިގަންނަވަ އެވެ. އެގޮތުން ހޮޅުދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް އެކަމަނާ އަށް ވަނީ ޓިކެޓް އަރުވާފައެވެ. އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އާއި ކުރީގެ ޔޫތު މިނިސްޓަރު އަދި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ހިމެނިވަޑައިގަންނަވައެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިން މީހުން:

1. ހޮޅުދޫ ދާއިރާ އަށް ޢާއިޝަތު އާޒިމާ ޝަކޫރު

2. ހިންނަވަރު ދާއިރާ އަށް އަބްދުﷲ ނާޒިމް އިބްރާހިމް

3. މަތިވެރި ދާއިރާ އަށް އާމިނަތު ލަޔާލް މަނިކު

4. ތޮއްޑޫ ދާއިރާ އަށް މުހައްމަދު މަބްރޫކް

5. ދަނގެތި ދާއިރާ އަށް މައުމޫން އަބްދުއް ސަމަދު

6. ބިލެތްދޫ ދާއިރާ އަށް އަހުމަދު ޝަފީގު

7. ތ. ގުރައިދޫ ދާއިރާ އަށް މުހައްމަދު ޣައްސާން މައުމޫން

8. ތިމަރަފުށި ދާއިރާ އަށް އިބްރާހިމް ސަނާހު

9. ވިލިނގިލީ ދާއިރާ އަށް ޝަހީބު އިބްރާހިމް

10. ތިނަދޫ އުތުރު ދާއިރާ އަށް އަހުމަދު ޒުހޫރު

11. ފުވައްމުލަކު މެދު ދާއިރާ އަށް ހަސަން ޚާލިދު

12. ހިތަދޫ އުތުރު ދާއިރާ އަށް މުހައްމަދު ޖިނާން ލަލާލް

13. ހިތަދޫ ދެކުނު ދާއިރާ އަށް މުހައްމަދު ލަތީފު

14. ހިތަދޫ މެދު ދާއިރާ އަށް ޒާހިދު ރަމީޒު

15. މައްޗަންގޮޅި އުތުރު ދާއިރާ އަށް ޖަމީލާ އަލީ ހާލިދު

16. ހެންވޭރު އުތުރު ދާއިރާ އަށް ޑރ. މުހައްމަދު ޝައިނީ

17. ހުޅުމާލެ ދާއިރާ އަށް އިބްރާހިމް ފައިސަލް

18. ކާށިދޫ ދާއިރާ އަށް މުހައްމަދު ނަޝީދު (ޑީއާރްޕީގެ ލީޑަރު)

19. ހެންވޭރު ދެކުނު ދާއިރާ އަށް މުހައްމަދު ފިޝާވިން ސަލީމް (ޑީއާރްޕީ)

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް