ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 14:29
ޕެންޓަގަންގެ ތަރުޖަމާނު  ވިދާޅުވީ 10 މީހުން މަރާލާފައިވަނީ ފެބްރުއަރީ 3 ދުވަހު ދިން ހަމަލާއެއްގައި ކަމަށް
ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވީ 10 މީހުން މަރާލާފައިވަނީ ފެބްރުއަރީ 3 ދުވަހު ދިން ހަމަލާއެއްގައި ކަމަށް
ގޫގުލް
އަލްގައިދާއާ ދެކޮޅަށް ދޭ ހަމަލ
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
އުސާމާއާ ގާތް ގުޅުމެއް އޮތް އަބޫ ހާނީ އަލް މަސްރީ މަރާލާފައިވަނީ ދެވަނަ ހަމަލާގައި ފެބްރުއަރީ 4 ވަނަ ދުވަހު

އުސާމާބިން ލާދިންގެ ކުރީގެ އަރިސް މީހަކާ އެކު ސީރިއާގެ އިދްލިބް ކައިރިން އަލްގައިދާގެ 11 މީހަކު އެމެރިކާގެ ފައުޖުތަކުން މި މަހު މަރާލާފައިވާ ކަމަށް ޕެންޓަގަންއިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ 10 މީހުން މަރާލާފައިވަނީ ފެބްރުއަރީ 3 ދުވަހު ދިން ހަމަލާއެއްގައި ކަމަށެވެ. އަދި އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާއާ ގާތް ގުޅުމެއް އޮތް އަބޫ ހާނީ އަލް މަސްރީ މަރާލާފައިވަނީ ދެވަނަ ހަމަލާގައި ފެބްރުއަރީ 4 ވަނަ ދުވަހު ކަމަށެވެ.

ބުނެވޭ ގޮތުގައި މަސްރީއަކީ 1980 އާއި 1990 ގެ އަހަރުތަކުގައި އަފްޣާނިސްތާނު ތަމްރީން ކޭމްޕްތައް ކުރިޔަށް ގެންދިއަ މީހެކެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު އެމެރިކާގެ ފައުޖުތަކުން ބިންލާދިން މަރާލުމުން އެ ޖަމާއަރުގެ ލީޑަރަކަށް އައި އައިމަން އަލް ޒަވާހިރީއާ ވެސް މަސްރީއާ ގާތް ގުޅުމެއް އޮތެވެ.

"މި ހަމަލާތަކުގެ ސަބަބުން، އަލްގައިދާއަށް އެ ގައުމުން ބޭރުގައި އެމެރިކާއާއި އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންގެ މަސްލަހަތު ހިމެނޭ ތަންތަނަށް ހަމަލާދިނުމުގެ ގާބިލްކަން ކުޑަކޮށްލެވޭނެ" ކެޕްޓަން ޑޭވިސް ވިދާޅުވިއެވެ.

ޖަހްބަތް ފަތަހް އަލް ޝާމްއަކީ އަލްގައިދާގެ ނުފޫޒުގައި ސީރިޔާގައި ފުޅާދާއިރާއެއްގައި ހިންގާ ހަނގުރާމަވެރި ޖަމާއަތެކެވެ.

މި ޖަމާއަތް ކުރިން އެނގިގެން ގޮސްފައިވަނީ އަލް ނުސްރާ ފްރޮންޓްގެ ގޮތުގައެވެ.

އެ ޖަމާއަތުން 2016 ވަނަ އަހަރު ވަނީ ބޭރުގެ އެއްވެސް ޖަމާއަތަކާ ގުޅުން ނުވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ޔަމަނުގައި އަލްގައިދާއާ ދެކޮޅަށް މިދިއަ ހަފްތާގައި ހިންގި އޮޕަރޭޝަނަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ސަރުކާރުން އަސްކަރީ ހަރަކާތަކަށް އެންމެ ފުރަތަމަ ހުއްދަދިން ހަރަކާތެވެ.

 

 

- ކޮމެންޓް