Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 20:20
ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް ސަމީރު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް ސަމީރު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީހުގެ މަޤާމުތައް
ސަމީރަށް ވެސް ރައީސް އޮފީހުގެ މިނިސްޓަރު ކަން، ސްޓޭޓް މިނިސްޓަރކަމަށް އިތުރު 9 ބޭފުޅަކު
ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް އައްޔަން ކުރެއްވި 4 ވަނަ ބޭފުޅާ

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރައީސް އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.

ސަމީރަށް މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސަމީރަކީ ރިޔާސީ އިންތިޚާބުގެ ކެންޕެއިން ގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. 

ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރ ކަމަށް އައްޔަން ކުރެއްވި 4 ވަަނަ ބޭފުޅާއެވެ. ރައީސް އޮފީހުގައި 4 މިނިސްޓަރުން މިވަގުތު ތިއްބެވި އިރު، މިނިސްޓަރ ފެންވަރުގައި އިތުރު 2 ބޭފުޅުން ތިއްބަވައެވެ. ސަމީރަކީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް ބުރާސްފަތި ދުވަހު 9 ބޭފުޅަކު އައްޔަން ކުރައްވާފައެވެ.

އަލަށް އައްޔަންކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް ފަތްކޮޅު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ؛ 

  1. ހޯމް މިނިސްޓްރީ އަށް ހަސަން ޝުޖާޢު
  2. ފިނޭންސް މިނިސްޓްރީ އަށް އިސްމާއީލް އަލި މަނިކު
  3. ޕްލޭނިންގ މިނިސްޓްރީއަށް މުހައްމަދު އަލީ
  4. ކޮމިއުނިކޭޝަން މިނިސްޓްރީ އަށް އަލީ ސޯލިޙް
  5. އެޑިއުކޭޝަން މިނިސްޓްރީ އަށް އަހުމަދު ރިޔާޒް
  6. ފިޝަރީޒް މިނިސްޓްރީ އަށް މުހައްމަދު އަހުމަދު
  7. ހައުސިންގ މިނިސްޓްރީ އަށް އަހުމަދު ނަޝީދު
  8. ޔޫތު މިނިސްޓްރީ އަށް އަސްހާދު އަލީ
  9. ޖެންޑަރ މިނިސްޓްރީއަށް ފަޒްނާ ޝާކިރު

މި ބޭފުޅުންނަށް ވެސް މަޤާމުގެ ފަތްކޮޅު ހަވާލު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
6 ޑިސެންބަރ 2018 | ބުރާސްފަތި 12:20
3.4ހ
މިދާ ގޮތް ރަނގަޅެއް ނޫން... ކޮންމެހެން ޕާރޓީގެ އިސްމީހާ ބޫޓުގެ ނާޑުވާ އައްސާ މީހާއަށް ސްޓޭޓް މިނިސްޓަރުކަން ދޭކަށް ނުޖެހޭ... ރުއް އުފުރިމީހާއަށް ވެސް...ކަޑައޭ ތީތި
6 ޑިސެންބަރ 2018 | ބުރާސްފަތި 11:28
މުރަނގަގަހުމާލިމީ
ސަމީރަށް ދޭންވީ މިނިސްޓަރ ކަމެއްނޫން ސަމީރައްދޭންވީ ބޮޑުވަޒީރުކަން މި އޮއްސަރުކާރެއްތާ ދޯ ކުފޫހަމަނުވާ އެޔތައް ބަޔަކަށް ވަޒީރުކަމާ ސްތޭތް މިނިސްތަރުކަމާ ނައިބުކަން ބަހާ ނަގަނީ ދެން ސަރުކާރުގެ ހިންގުން ކިހާ ރަނގަޅުވާނެތާ ދޯ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކަށް ސަފީރުކަންވެސްދެއްވަނީ ދެން ކީކޭ ބުނާނީ ލަދުން ބޯ ހަލާކު