Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 21:40
އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
މުުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމް
މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ
މިއީ ސަރުކާރުގެ 100 ދުވަހުގެ އެކްޝަންޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް

"ސާފުރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޝިޔާރުގެ ދަށުން މުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމެއް 8 ޑިސެމްބަރުވާ ހޮނިހިރު ދުވަހު ފަށަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި ހަރަކާތް ފެށޭނީ އަންނަ ހޮނިހިރު ދުވަހުގެ 7:30 ގައި މާފަންނު ސްޓޭޑިއަމް (ޓާރފް ދަނޑު) ސަރަހައްދުންނެވެ. މި ޕްރޮގްރާމް މާލޭގައި ފައްޓަވައި ދެއްވާނީ ޓާރފް ދަނޑު އެކެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ މި ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހު ޕްލޭންގެ ތެރޭގައި އެންވަޔަރަމަންޓް މިިނިސްޓްރީންކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމާއި ގުޅޭ މައުލޫމާތު މީޑިއަށް ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ޕޮރްގާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖްކުރުމާއި، ވެށި ސާފްކުރުމުގެ އާދަ ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމެވެ. މިނިސްޓަރ ވިދާޅުވީ ހޮނިހިރުދުވަހު މި މަސައްކަތް ފެށޭއިރު، މިކަން ހުއްޓާ ނުލައްވާ ސިލްސިލާކޮށް ކުރިއަށްގެންދަވާނެ ކަމަށެވެ. މި ކަމަށް ރައްޔިތުންނާއި ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކުނި މެނޭޖްކުރަމުން އަންނަ ގޮތުން ގިނަ މައްސަލަތަށް ދިމާވަމުން އަންނަ ކަމަށާއި، ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު ކުނީގެ މައްސަލައަކީ އެންމެ މުހިންމު އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. ކުނި އުކާލާ ގޮތުންނާއި ކުނި މެނޭޖްކުރާ ގޮތުން ތިމާވެށީގެ ގިނަ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުނިކޮށިތަކުގައި ވަރަށް ބައިވަރު ކުނި ޖަމާވެފައި އެބަހުރި، އެ މި ދެންނެވީ ބައިބައި ނުކޮށް އޭގެ ގިންތިތަކަށް ނުބަހައި ސޯރޓްނުކޮށް ހުރި ކުނި. މިސާލަކަށް ޕްލާސްޓިކް އާއި ގޭގައި ގެންގުޅޭ ސާމާނު ސޯޓްއައުޓް ނުކޮށް ހުރީ . އެހެންކަމުން ކުނި އަލުން ބޭނުންކުރުން ހިމެނޭ އަލުން ބޭނުންކުރެވޭނެ ބާވަތްތައް ރިސައިކަލް ކުރެވޭކަށް ނެތް، ކުނި ގޮނޑުގައި ހުރި އެއްޗެހި ފިއްތާ ލުއިކޮށް ވޮލިއުމްކުރެވޭނެ ކުޑަކުރެވޭނެ ގޮތްތައް ކުނިގޮނޑުގައި ހަމަޖެހިފައެއް ނެތް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކުނި މެނޭޖް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ކުނި މަދު ކުރަންޖެހޭ ކަމަށެވެ. ކުނި މެނޭޖްކުރުމުގެ ގޮތްތަށް ވެސް ދަސްކުރަން ޖެހޭ ކަމަށާއި، އަމިއްލަ އަށް އުކާލާ ކުންޏާއި މެދު ކޮންމެ ރައްޔިތަކު ވެސް ޒިންމާދާރުވާން އެބަޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތަކަކީ ސާފު ރީތި މަގުތަކަކަށް ހެދޭނީ ސަރުކާރުން ކުރާ މި މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަން ލިބިގެން ކަމަށާއި، ހޮނިހިރު ދުވަހު އޮންނަ މި ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ މިނިސްޓްރީން އެދޭ އެދުމެއް ކަމަށެވެ.

ހޮނިހިރު ދުވަހު މުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމް ސަރުކާރުން ފައްޓަވާ އިރު، މިކަމުގައި މާލެ ސިޓީ ކައުންސިލާއި، ވެމްކޯ، ފުލުހުން އަދި އެމްއެންޑީއެފް އިން ބައިވެރިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
7 ޑިސެންބަރ 2018 | ހުކުރު 23:37
Neen
FURATHAMA SAAFU KURANN V RASHUTHEREAH GINAVEFA THIBI BD MEEHUNN