Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 21:15
ގައުމީ ވިންދު ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ގައުމީ ވިންދު ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ޓްވިޓަރ
ސިޔާސީ ޕާޓީ
ގައުމީ ވިންދުގެ ނަމުގައި ސިޔާސީޕާޓީ އެއް އުފައްދަން ހުއްދަ ދީފި
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނީ އޮގަރު ރަމީޒަށް
ރަމީޒަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެއް

ގައުމީ ވިންދު ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަދީފިއެވެ.

ގައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ގ. ރާވެހި، މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ގައުމީ ވިންދު ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ބުރާސްފަތި ދުވަހު އެކޮމިޝަނުން ދީފައިވާ ކަމަށެވެ.

އޮގަރު ރާމިޒަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އަދި ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ސިޔާސީ މައިދާނުގެ އިސްސަފުން ފެނިގެން ނުދެއެވެ.

ގައުމީ ވިންދުގެ ނަމުގައި ޕާޓީ އެއް އުފެއްދުމުގެ ހުއްދަ ދީފައިވާ އިރު، ދާދިފަހުން މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

ސިޔާސީ ޕާރޓީ އެއް އުފެއްދުމަށްޓަކައި ތިންމަސް ދުވަހުގެ ތެރޭގައި ތިންހާސް މީހުން ހަމަކުރަން ޖެހޭނެއެވެ. އަދި ސަރުކާރުން ސިޔާސީ ޕާރޓީތަކަށް ދޫކުރާ ފައިސާ ލިބެނީ 10000 (ދިހަ ހާސް) މީހުން ހަމަވާ ޕަރޓީތަކަށް އެކަންޏެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ސިޔާސީ ޕާޓީ އެއް އުފައްދަން ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށްފައިނުވާތީ، އެ ކޮމިޝަނުން ވަނީ ދެ ވަނަ ފަހަރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ސިޔާސީ ހަ ޕާޓީ އެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް