Advertisement
ކ. މާލެ
|
7 ޑިސެންބަރ 2018 | ހުކުރު 09:26
މާލެއަށް ބޯކޮށް ވާރޭވެހުން
މާލެއަށް ބޯކޮށް ވާރޭވެހުން
ރާއްޖެއެމްވީ
ރާއްޖެ މޫސުން
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ
އިއްޔެ މާލެއަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އުތުރުގެ ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ.

މީގެ އިތުރުން ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހެމުން ދާއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިން 1 ފޫޓާއި 3 ފޫޓާއި ދެމެދަށް އުފުލޭނެކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު 5:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 1:00 އާ ހަމައަށް ލިބުނު ސެޓްލައިޓް ފޮޓޯތަކުން ދައްކާގޮތުން ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާ މަދުވެފައި ވީނަމަ  ވެސް ކޮންމެ ވެސް ވަރަކަށް ވިލާ އުފެދޭނެ އެވެ.

މީގެ އިތުރުން ބުދަ ދުވަހު މާލެއަށް އާދަޔާ ޚިލާފަށް ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މީހުންށާއި، ފިހާރަތަކަށާއި، އަދި އަގުބޮޑަތި މުދަލަށް ވަރަށް ބޮޑަތިގެއްލުން ތަކެއް ލިބިފައިވެއެވެ. އެގޮތުން 160 އާއިލާ އަކަށް ވިއްސާރައިގެ އަސަރު ކޮށްފައި ވާއިރު ޑީޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނީ ވިއްސާރައިގައި ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރަމުން ދާކަމަށެވެ.

މާލެ އަށް ބުދަ ދުވަހު މެންދުރު ފަހު ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ފެންބޮޑުވެފައި ވާއިރު އެމްއެންޑީއެފް. އިން މާލޭ ސީޓީގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ކޮށް، ވަނީ އާންމު ރައްޔިތުންނަށް ހިނގާ ބިނގާ އުޅެވޭ ވަރަށް ރޭ މަގުތަކުގެ ފެން ހިންދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް