Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 21:49
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ވާރޭވެހި މާލޭގައި ފެންބޮޑުވުން
ޓެކްސީގެ ޚިދުމަތް މެދުކަނޑާނުލުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
ޕާކް ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައި

މާލޭ ސިޓީ އަށް ބޯކޮށް ވާރޭ ވެހެމުން ދާތީ ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޓެކްސީގެ ޚިދުމަތް މެދުކަނޑާނުލުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފި އެވެ.

ބުދަ ދުވަހު މާލޭ ސިޓީއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިނިސްޓަރ ކުރައްވާފައިވާ ޓްވީޓް ގައި ޓެކްސީތައް ޕާކް ކޮށްފައި ނުބާއްވާ އާންމުންގެ ޚިދުމަތަށް ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި ދުއްވާ މީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށާއި ޕާކް ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މާލޭ ސިޓީއަށް ބުދަ ދުވަހު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް މަގުތަކުގައި ޕާކް ކޮސްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ޓެކްސީއެއް ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެއިތުރުން ބައެއް އިމަރާތްތަކަށް ފެންވަދެ ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް