Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 21:47
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މައިނޯރިޓީ ލީޑަރަކީ ރިޔާޒު ކަމަށް މަޖިލީހުން އިއުލާންކޮށްފި
ޖޭޕީގެ މެމްބަރުންގެ އަދަދަކީ 22
އެމްޑީޕީ މެމްބަރުންގެ އަދަދަކީ 19
ޕީޕީއެމް މްބަރުންގެ އަދަދަކީ 30

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކަމަށް ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފިއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ރިޔާޒަށް ލިބިވަޑައިގެންނެވީ ކުރިން އެ މަގާމު ދަމަހައްޓަމުން ދިޔަ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަށް ވުރެ ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވުމުންނެވެ. ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދަކީ 22 އެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދަކީ 19 އެވެ.

މީގެ ކުރިން މައިނޯރިޓީ ލީޑަރުކަން ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމެވެ.

މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތިއްބެވި ޕީޕީއެމަކީ އަދިވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީއެވެ. އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 30 އެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް މެޖޯރިޓީ ލީޑަރުކަން ކުރައްވަމުން ގެންދަ ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ. ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 45 އެވެ. އެއީ ޖުމްހޫރީ ޕާޓީގެ 22 މެމްބަރުންނާއި އެމްޑީޕީގެ 19 މެމްބަރުންނާއި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި 3 މެމްބަރުންނާއި އަދާލަތު ޕާޓީގެ މެމްބަރާއެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް