Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 22:41
މިނިސްޓަރު މަހްލޫފް ނުސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިނިސްޓަރު މަހްލޫފް ނުސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
އަހްމަދު މަހްލޫފް
ފާޑު ކިޔުންތަކަށް މަހުލޫފް ރައްދުދެއްވައިފި
ކަންކަމުގައި ހައްލު ހޯދަން އުޅުނީމާ ގޯސް

 ގޭންގު ތަކާއި އެކު މަޝްވަރާކުރުމަށް ވިދާޅުވުމުން ފާޑުކިޔާ ފަރާތްތަކަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް، ކޮމިއުނިކޭޝަން އެންޑް އެމްޕަވާމެންޓް އަޙްމަދު މަހުލޫފް ރައްދުދެއްވައިފިއެވެ.

ފާޑުކިޔާ ފަރާތްތަކަށް މިނިސްޓަރު ރައްދު ދެއްވީ މިއަދު ކުރެއްވި ޓްވީޓަކުންނެވެ.

ޓްވީޓްގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ކެމްޕޭނު ތެރޭގައި ރާއްޖޭގައި ގޭންގުތަކެއް ނޫޅޭކަމަށް ވިދާޅުވުން ގޯސްކަމަށެވެ. 

 

މީގެއިތުރުން އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުށްވެރިންގެ ގައިގާ ޓެގް އެޅުވުމުން އެ ކަންތައްތައް ވެސް ވީ ގޯސް ކަމަކަށް ކަމަށާއި، މަސްއޮޑި ގެއަށް އެސްއޯ ފުލުހުން ވަދެ އެތަން ފުޑުފުޑު ކޮށްލުންވެސް މީހުންނަށް ވީ ގޯސްކަމަކަށެވެ. އަދި ހަމަމިއާއިއެކު ގޭންގް ހަޓް ޖޯލި ތައް ނޭގީމަ، އެވެސް އޮތީ ގޯސްވެފައި ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މީގެ އެއްވެސް ފަރާތަކުން މިހާތަނަށް ގޭންގު ކުށްތަކުގެ މައްސަލާގައި ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާއިރު، އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި އޭނާ ގޭންގުތަކާ އެކު މަޝްވަރާތަކަށް ތައްޔާރުކަން ވިދާޅުވުމުން އެކަންވެސް ގޮސްކޮށްފައިވާ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރު މިހެން ޓްވީޓްކޮށްފައިވާއިރު، ގޭންގު ކުށްތަކުގެ މައްސަލައަކީ މުޖުތަމަޢުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމެއްކަމަށާއި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނީ ފާޅުގައި ކަމަށް، އަދި އެ މަޤުސަދުގައި ގޭންގުތަކާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށް އަންގާރަ ދުވަހު މަހްލޫފު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު ގޭންގު މަރާމާރިތަކަށް ހައްލެއް ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައިއެވެ.

ގޭންގު ކުށްތައް ކޮންޓްރޯލްކޮށް، ގޭންގުތައް ނައްތާލުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތް ކޮށްފައި ވީނަމަވެސް، ސަރުކާރުގެ މިނިސްޓަރަކު ފާޅުގައި މަޝްވަރާގެ ތެރެއިން ގޭންގު މައްސަލައަށް ހައްލެއް ހޯއްދަވަން މިފަދަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވި މިއީ ފުރަތަމަ ފަހަރެވެ.

ޒުވާނުންނަށް ދިމާވެފައިވާ ކަންތައްތަކުގައި ހާއްސަ އިސްކަމެއް ބަހައްޓަވަމުން ގެންދަވާ މަހްލޫފު ވަޒީރު ކަމާއި ހަވާލުވެވަޑައިގަތް ދުވަހުން ފަށައިގެން ދަނީ ޒުވާނުންނަށް ލިބެން ހުރި ކުރިއެރުންތަކާއި ބޭހޭ ގޮތުން ފުޅާދާއިރާގައި އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވަމުންނެވެ. ފާޑުކިޔުންތައް އަމާޒު ވިޔަސް މިނިސްޓަރު މަހްލޫފަކީ މި ސަރުކާރުގައި ހިމޭނޭ މިނިސްޓަރުންގެ ތެރެއިން ގިނަ ރައްޔިތުންގެ ތެރޭ ވަރަށް މަގުބޫލު ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
5 ޑިސެންބަރ 2018 | ބުދަ 12:49
Zakittey
Eh Mahey Kommehen aharemen huttuvan ulheyne kameh neiy. Holhi vaahaka nudhakka madun hure bala. Zamaan vee hsadha verikaami badhaluhifun huttuvumah nulhen feney