Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 17:38
ޖަޕާނުގެ ބޮޑު ވަޒީރުގެ ހާއްސަ މުޝިރު ކެންޓާރޯ ސޮނޯރާ ވާހަކަ ދައްކަވަނީ
ޖަޕާނުގެ ބޮޑު ވަޒީރުގެ ހާއްސަ މުޝިރު ކެންޓާރޯ ސޮނޯރާ ވާހަކަ ދައްކަވަނީ
އެމްއެންޑީއެފް
ރާއްޖެ - ޖަޕާން
ރާއްޖެއަކީ އިގްދިސާތީ އަދި އަސްކަރީ ގޮތުން ޖަޕާނަށް މުހިއްމު ގައުމެއް: ކެންޓާރޯ ސޮނޯރާ
ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަނީ ހާއްސަ ގުޅުމެއް

ރާއްޖެއަކީ ޖަޕާނަށް އިގްތިސާދީ އަދި އަސްކަރީ ގޮތުން ވަރަށް މުހިއްމު ގައުމެއް ކަމަށް ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު ކެންޓާރޯ ސޮނޯރާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖަޕާނުން އެމްއެންޑިއެފް އަށް ހަދިޔާކުރި ފަޔަރ ލޮރީތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކަޅުތުއްކަލާ ކޮށީގައި ވާހަކަ ދައްކަވަމުންނެވެ. ކެންޓޯރާ ވިދާޅުވީ ރާއްޖެއަކީ ޖަޕާނަށް ވަރަށް މުހިއްމު ގައުމެއްކަމަށާއި އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ގައުމެއް ކަމަށެވެ.

ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދިޔައީ ޖަޕާނުގެ ފޮރިން މިނިސްޓަރު ޑރ. ޓާރޯ ކޯނޯ  ވޭތުވެދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ކަމަށް ކެންޓޯރާ ވިދާޅުވިއެވެ.

ކެންޓޯރާގެ ދަތުރުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާ ވަނީ ބައްދަލުކުރައްވައިފަ އެވެ. 

ފަޔަރ ލޮރީތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކެންޓޯރާ އާއި ޖަޕާނުން ރާއްޖެއަށް ކަޑައަޅާފައިވާ ސަފީރު ކަޒޫމީ އެންޑޯގެ އިތުރުން ޖަޕާނުގެ ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. 

އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޚާއްސަ މުޝީރު ކެންޓާރޯ ސެނޯރާ ރާއްޖެ ވަޑައިގަންނަވާފައި ވަނީ ހޯމަދުވަހުގެ ރޭއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް