ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 04:31
ނުކުޅެދުންތެރިކަން ހުރި ކުދިންނަށް މަހަކު އެއްފަހަރު ކުޅިވަރު އީދެއް ބާއްވަން ޔޫތް މިނިސްޓަރު މަހުލޫފް ޔުނިސެފްއާއެކު މަޝްވަރާ ކުރައްވަނީ
ނުކުޅެދުންތެރިކަން ހުރި ކުދިންނަށް މަހަކު އެއްފަހަރު ކުޅިވަރު އީދެއް ބާއްވަން ޔޫތް މިނިސްޓަރު މަހުލޫފް ޔުނިސެފްއާއެކު މަޝްވަރާ ކުރައްވަނީ
ޓްވިޓަރ
ނުކުޅެދުންތެރިކަން ހުރި ކުދިން
ނުކުޅެދުންތެރިކަން ހުރި ކުދިންނަށް މަހަކު އެއްފަހަރު ކުޅިވަރު އީދެއް ބާއްވަނީ
އެ އީދު ބާއްވަނީ ޔުނިސެފާ ގުޅިގެން

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ކޮންމެ މަހަކު އެއްފަހަރު ކުޅިވަރު އީދެއް ބާއްވަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ނިންމަވައިފިއެވެ.

ޔުނިސެފް މޯލްޑިވްސްގެ ރިޕްރެޒެންޓޭޓިވް މުނީރް ސަފީލްޑިންއާއެކު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި މަހުލޫފް ވިދާޅުވީ، ޔުނިސެފްއާ ގުޅިގެން ޔޫތް މިނިސްޓްރީން ކޮންމެ މަހަކު އެއްފަހަރު ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ކުޅިވަރުގެ އީދެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި ހަރަކާތް ކުރިޔަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށެވެ.

މަހުލޫފްގެ ޓުވީޓަށް ރިޕްލައި ކުރައްވަމުން މުނީރް ވިދާޅުވީ، ކުރިޔަށްދިޔައީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، މަހުލޫފްގެ ލީޑާޝިޕްގެ ދަށުން ޔުނިސެފުން ހަރަކާތްތައް ކުރިޔަށްގެންދަން ތައްޔާރަށް އޮތް ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ހަރަކާތާ ބެހޭ ތަފްސީލްތައް އާންމު ކުރާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހަމައެކަނި ސްޕޯޓްސް ފެސްޓިވަލެއް ބާއްވަނީ ދިރާގުންނެވެ. ދެހާސްއެގާރަ ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކު ދިރާގުން މި ސްޕޯޓްސް ފެސްޓިވަލް ބާއްވައެވެ.

އެގޮތުން މި އަހަރު ބޭއްވި އެ ފެސްޓިވަލްގައި 390 ކުދިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހަތަރު އެންޖިއޯ އަދި 11 ސްކޫލެއް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް