ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 04:33
މަޝްހޫރު ވަކީލް ހުސެއިން ޝަމީމް
މަޝްހޫރު ވަކީލް ހުސެއިން ޝަމީމް
މުހައްމަދު ޝަރުހާން
ސްޕޯޓްސް ކައުންސިލް
ސްޕޯޓްސް ކައުންސިލަށް ޝަމީމް އައްޔަން ކުރައްވައިފި
ޝަމީމް އަކީ ކުރީގެ ޑެޕިއުޓާ ޕްރޮސެކިއުޓާ ޖެނެރަލް

ނެޝަނަލް ސްޕޯޓްސް ކައުންސިލަށް މަޝްހޫރު ލޯޔަރު ހުސައިން ޝަމީމް އައްޔަން ކުރައްވައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނެޝަނަލް ސްޕޯޓްސް ކައުންސިލުން ލޯޔަރަށް ހާއްސަ ގޮނޑި ޝަމީމް އަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭނާ އަށް މަރުހަބާ ކިޔާ ކަމަށެވެ.

ކުރީގެ ޑެޕިއުޓާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ޝަމީމް ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައެވެ.

ސްޕޯޓްސް ކައުންސިލް އެކުލެވެނީ 11 މެންބަރުންގެ މައްޗަށެވެ. ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ. ސްޕޯޓްސް ކައުސިލްގެ ރައީސަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް