ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 16:55
އޯޕްކެގައި ގަތަރު ބައިވެރިވިތާ 57 އަހަރުވަނީ ވެފައި
އޯޕްކެގައި ގަތަރު ބައިވެރިވިތާ 57 އަހަރުވަނީ ވެފައި
އަލްޖަޒީރާ
އޯޕެކް
އޯޕެކުން ވަކިވާކަން ގަތަރުން އިއުލާނުކޮށްފި
އޯޕެކުން ޤަތަރު ވަކިވާނީ 2019 ޖެނުއަރީގައި

އަންނަ ޖެނުއަރީމަހުގެ 19 ވަނަ ދުވަހުން ފެށިގެން، އޯގަނައިޒޭޝަން އޮޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް (އޯޕެކް) އިން ޤަތަރު ވަކިވާން ނިންމާފައިވާކަމަށް އެގައުމުގެ ހަަކަތަޔާ ބެހޭ މިނިސްޓަރު ސާދު އަލް ކާބީ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަލް ކާބީ ވިދާޅުވީ ގަތަރުން އެ ނިންމުން ނިންމީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެ ގައުމުގެ ދައުރު ފުޅާކުރުމާއި އަދި ދުރުރާސްތާގެ ވިސްނުންތަކަށް ބެލުމަށްފަހުކަމަށެވެ.

"ޤަތަރުން ވަނީ 2019 ޖެނުއަރީން ފެށިގެން އޯޕެކްގެ މެމްބަރުކަމުން ވަކިވާން ނިންމާފައި އަދި އެކަމާމެދު މިއަދު ހެނދުނު އޯޕެކާއި މަޝްވަރާކުރިން" ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ވިއެނާގައި މި ހަފްތާގައި ބާއްވާ އޯޕެކްގެ ބައްދަލުވުމަށް ވަޑައިގަންނަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޤަތަރުގެ މި ނިންމުން އައިސްފައި މިވަނީ އޯޕެކް އަދި ރަޝިއާ ހިމެނޭ ގޮތަށް ތެލުގެ ސަޕްލައި ދަށްކުރުމަށް މަޝްވަރާ ކުރުމަށް ޑިސެމްބަރު މަހުގެ 6 ން 7 އަށް ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ އޯޕެކްގެ މެމްބަރެއްގެ ގޮތުގައި 57 އަހަރު އޮތުމަށްފަހު ވަކިވުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް ތެޔޮ އުފެއްދުމުގެ މައްސަލާގައި އޯޕެކުން ނިންމާ ނިންމުގެ ސަބަބުން ކުރާ އަސަރު މީގެ ސަބަބުން ކުޑަވާނެކަމަށެވެ.

ގަތަރުން ބުނީ އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ އެހެނިހެން ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުން ތަކަށް އެ ގައުމުން އިހުތިރާމް ކުރާނެކަމަށެވެ.

ގަތަރުން ވަނީ ގަތަރުގެ މި ނިންމުން 2017 ވަަނަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާ އާއި އަރަބި ތިން ގައުމަކުން އެ ގައުމާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅުމެއް ނެތްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
3 ޑިސެންބަރ 2018 | ހޯމަ 11:34
އަލީ
ރަާޢްޖެއަށް ތެޔޮގެންނަންވީ ގަތަރުން . ޢޫރިދޫއާޢީ ގުޅިގެން ތިކަންވެދާނެ