ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 17:27
ނަތަންޔާހޫ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާރާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވާ
ނަތަންޔާހޫ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާރާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވާ
ރޮއިޓަރސް
ނަތަންޔާހޫގެ ކޮރަޕްޝަން
ނަތަންޔާހޫގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެވެން ޖެހޭ: ފުލުހުން
ނަތަންޔާހޫގެ މައްޗަށް ފެބްރުއަރީ މަހުވެސް ފުލުހުން ވަނީ ކޮރަޕްޝަނުގެ ދައުވާކުރުމަށް ލަފާދީފައި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާރާގެ މައްޗަށް ކުރެވޭ ޚިޔާނާތާއި ރިޝްވަތުގެ ތުހުމަތުގައި ދައުވާކުރުމަށް ފުލުހުން ލަފާ ދީފިއެވެ.

ދެ ކަންބަލުންގެ މައްޗަށް ތުހުމަތު ކުރެވެނީ ދެ ކަނބަލުންނާ އެއްކޮޅަށް މީޑިއާ ކަވަރޭޖް ބައްޓަން ކުރުމުގެ ބަދަލެއްގެ ގޮތުން ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ ބެޒެކް ޓެލެކޮމްއަށް ސަރުކާރުގެ ކޮންޓްރެކްޓް ދީފައިވާކަމަށެވެ. ކޭސް 4000 ގެ ނަންދީފައިވާ މި މައްސަލައިގައި ކުރަމުންދާ ތުހުމަތު ނަތަންޔާހޫ ދޮގުކުރައްވައެވެ.

މައްސަލައިގައި ދައުވާކުރުމާމެދު ދެން ގޮތް ނިންމަވާނީ އިސްރާއީލުގެ އެޓަރނީ ޖެނެރަލްއެވެ.

އިސްރާއީލުގެ ފުލުހުން ފެބްރުއަރީ މަހުވެސް ވަނީ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނގެ އިތުރު ދެ މައްސަލައެއްގައި ދައުވާކުރުމަށް ލަފާދީފައެވެ.

އިސްރާއީލުގެ ފުލުހުން އާދީއްތަ ދުވަހު ބުނީ ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތާއި، ޚިޔާނާތާއި، އިތުބާރު ގެއްލޭފަދަ އަމަލެއް ހިންގުމުގެ ކުށުގައި ދައުވާ ކުރެވޭވަރުގެ ހެކި ލިބިފައިވާކަމަށެވެ.

ދެ ކަނބަލުންގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ރެގިއުލޭޓް ކުރުމުގެ ތެރެއިން ނިންމަންޖެހޭ ނިންމުންތަކުގައި ބެެޒެކް އާއި އެ ކުންފުނީގެ މައި ހިއްސާދާރު ޝައުލް އެލޮވިޗްއަށް ފަހިވާގޮތަށް ނިންމުންތައް ނިންމާފައި ހުރިކަމަށެވެ.

އޭގެ ބަދަލުގައި، ބެެޒެކްގެ ސަބްސިޑިއަރީ ކުންފުންޏަކުން ހިންގާ ވައްލާ ނިއުސް ވެބްސައިޓުން ނަތަންޔާހޫގެ ދެ ކަނބަލުންނަށް ޕޮޒިޓިވްކޮށް ގިނަ ޚަބަރުތަކެއް ގެނެސްދިނުމަށެވެ.

ފުލުހުން ބުނެފައި ވަނީ މިމައްސަލައިގައި އެލޮވިޗްގެ މައްޗަށް ވެސް ރިޝްވަތު ދިންކަމުގެ ދައުވާ ކުރެވޭހާ ހެކި ލިބިފައިވާކަމަށެވެ.

ފަހުން ކުރެވުނު ތުހުމަތުތަކަށް ރައްދު ދެއްވައި ނަތަންޔާހޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަކިގޮތަކަށް ނަތީޖާ ނެރުމަށް ގަސްތުކޮށްގެން ކޮށްފައިވާ ތުހުމަތެއްކަމަށާއި އަދި ތަހުގީގު ފެށުމުގެ ކުރިން ލީކުވީކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް