ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 18:51
ޗެލްސީ އަށް ކުޅެމުން އަންނަ ޑޭވިޑް ލުއިޒް
ޗެލްސީ އަށް ކުޅެމުން އަންނަ ޑޭވިޑް ލުއިޒް
ގެޓީ އިމޭޖަސް
ޑޭވިޑް ލުއިޒް
ޑޭވިޑް ލުއިޒް ބޭނުންވަނީ ޗެލްސީގައި މަޑުކުރަން
ލުއިޒް ހަދާފައިވާ އެއްބަސްވުން މި އަހަރު ހަމަވާނެ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ޑޭވިޑް ލުއިޒް ބޭނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޑޭވިޑް ލުއިޒް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުން އާކޮށް އޭނާ ކްލަބުގައި މަޑުކުރާނެއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން ބުނީ ބާސާގެ ޑިފެންސް ލައިން ވަރުގަދަ ކުރުމަށް އެ ކްލަބުން ޑޭވިޑް ލުއިޒް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އެކަން ނިމިގެންދާނެ ކަމަށެވެ.

ބެންފީކާ އަށް 132 މެޗު ކުޅެފައިވާ ޑޭވިޑް ލުއިޒް ވަނީ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ އަށް ފަހު ޗެލްސީ އަށް އޭނާ ބަދަލުވިއިރު، ޗެލްސީ އަށް އޭނާ ވަނީ 143 މެޗު ކުޅެ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޑޭވިޑް ލުއިޒް ޕީއެސްޖީ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް 89 މެޗު ކުޅެ، ފްރެންޗް ލީގު ދެފަހަރު އަދި ފްރެންޗް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް ޑޭވިޑް ލުއިޒް ޗެލްސީއާ އަލުން ގުޅުނީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 71 މެޗު ކުޅެދީފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައިވާ ޑޭވިޑް ލުއިޒް ވަނީ އެޓީމަށް 56 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް