ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 19:27
ފޯކައިދޫ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ފޯކައިދޫ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ފޯކައިދޫ ބަލިކޮށް ނިލަންދޫ ހަވަނައަށް
ފޯކައިދޫގެ މައްޗަށް ނިލަންދޫ ކުރިހޯދީ 0-4 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފ.ނިލަންދޫ ބަލިކޮށް ށ.ފޯކައިދޫ ޕޮއިންޓް ތާޥަލުގެ ހަވަނަ އަށް ޖެހިލައިފިއެވެ. 

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ފޯކައިދޫއާ ވާދަކޮށް ނިލަންދޫ އިން މެޗު ކާމިޔާބުކުރީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ނިލަންދޫ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާރޫގް އިސްމާއިލްއެވެ.

މި ލަނޑަށްފަހުވެސް ނިލަންދޫ އިން ދިޔައީ ނިލަންދޫގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 15 ވަނަ މިނެޓުގައި އާދިލް އަލީ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ނިލަންދޫގެ ތިންވަނަ ލަނޑު 22 ވަނަ މިނެޓުގައި ލޫކަސް ކާމިޔާބުކޮށްފައިވާއިރު، 38 ވަނަ މިނެޓުގައި އާދިލް ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފްގައި ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، ލަނޑު ޖެހުމަށް ފުރުސަތުތަކެއް ދެޓީމަށްވެސް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ނިލަންދޫ އޮތީ ކުޅުނު 16 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ފޯކައިދޫ އޮތީ ކުޅުނު 15 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

މި ނަތީޖާއާއެކު ފޯކައިދޫ އާއި ނިލަންދޫ އަށް ވަނީ ސީޒަން ނިމިފައެވެ. ލީގުގައި ފޯކައިދޫ ކުޅުނު 16 މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު، 10 މެޗުން ވަނީ ބަލިވެފައެވެ. ބާކީ ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ނިލަންދޫ ކުޅުނު 16 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އިރު، 11 މެޗުން ވަނީ ބަލިވެފައެވެ. އަދި ބާކީ އެއް މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް