ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 21:21
ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އާމިއާ ފުޓްސަލް ޗެލެންޖް
އާމިއާ ފުޓްސަލް ޗެލެންޖްގެ ގުރު ނަގައިފި
މުބާރާތުގައި ޖުމްލަ 15 ޓީމެއް ބައިވެރިވި

ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖްގެ ގުރު ނަގައިފިއެވެ.

އަލިފުށި އޯލް މެމްބާސް އިންޓެގްރޭޓެޑް އެމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމުކޮށްގެން އަލިފުށީގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ޖުމްލަ 15 ޓީމު ހަތަރު ގްރޫޕަކަށް ވަނީ ބަހާލާފައެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ވެލާ އެސްސީ އާއި ވަނީލާ އެސްސީ އާއި އެލްގީ އެފްސީ އަދި ވާނުވާ އެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ކުޑަ ދޮމްބެ އާއި ވަޔާ އެފްސީ އާއި ބްލެކް ޕީސް އަދި ޓީމް ކުޑަވައި އިނގިލި އެވެ.

 

ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

ގްރޫޕް ސީގައި ހިމެނެނީ އެފްސީ ފޯރި އާއި ހަތްބޯރާހި އާއި ވޯޓެކްސް އަދި އައޭޖީ އެފްސީއެވެ. ގްރޫޕް ޑީގައި ހިމެނެނީ އާންދޯ އާއި ސްޓްރޭންޖާސް އަދި އެފްސީ ހާޒައެވެ.

މުބާރާތުގެ ކުޅުން ޑިސެމްބަރު އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެލާ އެސްސީ އާއި ވަނީލާ އެސްސީއެވެ.

މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ޗެމްޕިއަން ޓިމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 1،500 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް 1،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް