ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 07:13
ދުނިޔޭގެ ގިނަ ފަރުތައް ދަނީ ހަލާކުވަމުން
ދުނިޔޭގެ ގިނަ ފަރުތައް ދަނީ ހަލާކުވަމުން
ސީ.އެން.އެން
ތިމާވެށި ހިމާޔަތްކުރުން
އިންޑޮނޭޝިޔާގެ ފަރުތަކުގެ ތިންބައިކުޅަ އެއްބައި ވަނީ ހަލާކުވެފައި!
މި ދިރާސާ ތައްޔާރުކުރީ އެލް.އައި.ޕީ.އައި ކިޔާ ސާރވޭ ޓީމަކުން
މި ދިރާސާގައި 17000 ރަށަކާއި އެތައް ސަރަހައްދެއްގެ ތަހުލީލުތައް ކުރެވިފައިވޭ
އިންޑޮނޭޝިއާއަކީ ޗައިނާގެ އިތުރުން އެންމެ ގިނައިން ކަނޑަށް ކުނި ބޭރުކުރާ ޤައުމު

އިންޑޮނީޝިއާގެ ފަރުތަކުގެ ތިންބައިކުޅަ އެއްބައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ފަރުތަކުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޑޮނޭޝިއާގެ ސައިންސް އެންޑް ރިސާރޗް ސެންޓަރެއް ކަމަށްވާ އެލް.އައި.ޕީ.އައި ގެ ސައިންޓިސްޓުންތަކެއް ކުރި މި ދިރާސާގައި، އެޤައުމުގެ ފަރުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 17000 ރަށަކާއި ކަނޑުގެ އެތައް ސަރަހައްދެއްގެ ތަހުލީލުކޮށްފައިވާ ކަމަށް މި ދިރާސާކުރި ޓީމުގެ ސައިންޓިސްޓުން އަންގާރަ ދުވަހު ވަނީ ވިދާލުވެފައެވެ. 

އެލް..އައި.ޕީ.އައިގެ ވެރިޔަކަށް ހުންނެވި ޑރ.ދިރްހަމްސިޔާ މި ސާރވޭއާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އިންޑޮނޭޝިޔާގެ ފަރުތަކަށް ބޮޑު އަސަރެއް ކުރަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިނާއީ މަސައްކަތްތަކުގެ ސަބަބުން މޫސުމަށް ބަދަލު އައުމާއި، މަސްވެރިކަން ކުރުމުގައި ތިމާވެއްޓަށް ގެއްލުން ދިނުމާއި، މޫދުގެ ސަރަހައްދުތަކުން ވެލި ނެގުމަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭ ބައެއް ސަބަބުތައް ކަމަށް މި ދިރާސާއިން ދައްކައެވެ.

އިންޑޮނޭޝިޔާގެ ފަރުތައް ނުރައްކަލަށް ހުށައެޅިފައިވާއިރު، މި ޤައުމަކީ ޗައިނާގެ އިތުރުން އެންމެ ގިނައިން ކަނޑުތަކަށް އެކި ބާވަތުގެ ކުނި ބޭރުކުރާ ޤައުމު ކަމަށާއި، އަހަރަކު ގާތްގަނޑަކަށް 1.29 މިލިއަން މެޓްރިކް ޓަނުގެ ކުނި އިންޑޮނީޝިއާއިން ކަނޑުތަކަށް އަޅާކަމަށް ތަޖުރިބާކަރުން ބުނެއެވެ.  

- ކޮމެންޓް
30 ނޮވެންބަރ 2018 | ހުކުރު 17:32
އަހަރުމެންނަ
އަހަރުމެންނަށް ކޮންބަލާއެއްދެން