ކ. މާލެ
|
28 ނޮވެންބަރ 2018 | ބުދަ 22:48
ބަޔާން އަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް
ބަޔާން އަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް
ގެޓީ އިމޭޖަސް
ހަމޭސް ރޮޑްރިގޭޒް
އާސެނަލް އިން ހަމޭސް ހޯދުމަށް 60 މިލިއަން ޔޫރޯ ހުށަހަޅަނީ!
ބަޔާންގައި ހަމޭސް ހުރީ ލޯން އެއްބަސްވުމެއްގެ ދަށުން

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް ހޯދުމަށް އާސެނަލް އިން 60 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮން ބެލޮން އިން ބުނީ ހަމޭސް ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ ދިމާކޮށް އާސެނަލް އިން އޭނާ ހޯދުމަށް 60 މިލިއަން ޔޫރޯ ހުށަހަޅަން އުޅޭ ކަމަށެވެ.

ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއާ 2017 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ހަމޭސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމޭސްގެ އެއްބަސްވުން އާކުރަން ބަޔާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމޭސްގެ އެއްބަސްވުން ދާއިމީ ކުރަމުން ބޭނުންވާނަމަ ބަޔާނުން ރެއާލް އަށް 42 މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ،

މީގެކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ބަޔާން އަށް ކުޅުނު 50 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބުކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް