ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 16:53
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
ގޫގުލް
އިރާން
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
ދާފިފަހުން ރައީސް ޓްރަމްޕް ވިސާ ނުދޭން އަމުރު ނެރުއްވި މުސްލިމް 7 ގައުމުގެ ތެރޭގައި އިރާންވެސް ހިމެނޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެމެރިކާގެ އަސްލު ސޫރަ" ދައްކަވަމުން ގެންދަވާތީ އެކަމާ ޝުކުރު އަދާކުރައްވާ ކަމަށް އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

 

އީރާނުގެ ވެރިރަށް ތެހެރާނުގައި ސިފައިންގެ އެއާފޯސްގެ ކޮމާންޑަރުންތަކަކާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ މިހާރުގެ ރައީސް ދައްކަވަމުން އެ ގެންދަވަނީ ފާއިތުވީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެމެރިކާއާ ބެހޭ ގޮތުން އީރާނުން ދައްކަމުންދިޔަ ވާހަކަތަކުގެ ހަގީގަތް ކަމަށެވެ.

 

ޚާމަނާއީ އިތުރަށް ވިދާޅުވީ އިރާނުން މަސައްކަތް ކުރަމުން މިހާތަނަށް އައީ އެމެރިކާގެ ސަރުކާރު ގައާއި އެހެނިހެން ވެސް ދައުލަތުގެ އިސްވެރިންގެ މެދުގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށާއި ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ދުނިޔެއަށް ދައްކަވައިފި ކަމަށެެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާ ސަރުކާރުން މިހާތަނަށް ދިފާއުކޮށް ވަކާލާތު ކުރަމުން ގެންދާ އިންސާނީ ހައްގުތައް މިހާރު ދިފާއު ވެސް ނުކުރެވޭ ކަމަށެވެ.

 

ދާފިފަހުން ރައީސް ޓްރަމްޕް، ވިސާ ނުދޭން އަމުރު ނެރުއްވި މުސްލިމް 7 ގައުމުގެ ތެރޭގައި އިރާން ވެސް ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް