ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 09:43
ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާ ރައްޔިތުން މުޒާހަރާކުރަނީ
ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާ ރައްޔިތުން މުޒާހަރާކުރަނީ
ބީބީސީ
ކޮރަޕްޝަން
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
ހަ ލައްކަ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ
މުޒާހަރާކުރަމުންގެންދަނީ، ސަރުކާރުން ފާސްކުރި ޤަރާރަކާ ގުޅިގެން

ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި އެވެ.

 

ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ރޫމޭނީއާގެ ހަ ލައްކައަށް ވުރެ ގިނަ ރައްޔިތުން މުޒާހަރާކުރަމުންގެންދަނީ، ސަރުކާރުން ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ. އެ ޤައުމުގެ ސަރުކާރުން ފާސްކުރި ޤަރާރުގައިވާ ގޮތުން، ކޮރަޕްޝަނުގެ މައްސަލަތަކުގައި އަދަބު ދެވޭނީ 48،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ހިމެނޭ މައްސަލަތަކުގައި ކަމަށެވެ.

 

ރޫމޭނިއާގެ ރައްޔިތުންގެ މަގުމައްޗަށް ނިކުތުމާ ގުޅިގެން، ސަރުކަރުން އެކުލަވާލި ޤަރާރު ފަހުން ބާތިލްކޮށްފައި ވެއެވެ. އަދި އެ ޤަރާރަށް ބަދަލުތައް ގެނެސް، ކޮރަޕްޝަނާ ގުޅޭ ބިލެއް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ސަރުކާރުން ބުންޏެވެ. ސަރުކާރުން އެގޮތަށް ހާމަކުރި ނަމަވެސް އެ ޤައުމުގެ އެތަށް ހާސް ރައްޔިތުންނަށް އަންނަނީ މަގުތަކުގައި މުޒާހަރާކުރަމުންނެވެ.

 

މުޒާހަރާކުރާ އާންމު އަންނަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި، ސަރުކާރަށް އިތުބާރު ނުކުރާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. މިއީ އެ ޤައުމުގެ ތާރީހުގައި 1989 ވަނަ އަހަރު ގެނައި އިންޤިލާބަށް ފަހު ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް