ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 17:48
ބާސާ އަދި އެޓްލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އަދި އެޓްލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ފަހުވަގުތު އެޓްލެޓިކޯ އަތުން ބާސާ އަށް ޕޮއިންޓެއް
ބާސާ އަދި އެޓްލެޓިކޯގެ ކުރިމަތިލުން އެއްވަރުވީ 1-1 އިން

ސްޕެނިޝް ލަލީގާގައި ފަހުވަގުތު އެޓްލެޓިކޯ މެޑްރިޑާ އެއްވަރުކޮށް ބާސާ އިން ޕޮއިންޓެއް ހޯދައިފިއެވެ.  

ހޮނިހިރު ދުވަހުގެ ރޭ ބާސާ އާއި އެޓްލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ބާސާ އިންނެވެ. އެގޮތުން އެޓީމުން ވަނީ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.

މި ހާފްގައި އެޓްލެޓިކޯގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ލިބިފައި ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތިޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން 77 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރިޒްމަންގެ އެހީތެރިކަމާއެކު ޑިއެގޯ ކޯސްޓާއެވެ.

މި ލަނޑަށްފަހުވެސް އެޓްލެޓިކޯ އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލިއޮނެލް މެސީގެ އެހީތެރިކަމާއެކު އުސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ލަނޑުން ބާސާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 13 މެޗުން ލިބުނު 25 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. އެޓްލެޓިކޯ އޮތީ ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.

މި ނަތޖާއާއެކު 12 މެޗުން 23 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ސެވިއްޔާ އަށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް އެޓީމަށް އެއް ޕޮއިންޓްގެ ލީޑަކާއެކު އެއްވަނަ އަށް އެރިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް