ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 20:59
ޔުގެންޑާގައި ބޯޓެއް ފެތުން
ޔުގެންޑާގައި ބޯޓެއް ފެތުން
ޓްވިޓަރ
ބޯޓު ބަންޑުންވުން
ޔުގެންޑާގެ ބޯޓެއް ބަންޑުންވެ 10 މީހުން މަރުވެއްޖެ
މިހާތަނަށް 40 މީހުން ސަލާމަތް ކޮށްފައިވޭ
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔުގެންޑާ ފުލުހުން ބުނޭ
ބައެއް މީޑިއާތަކުން ބުނަނީ ގާތްގަނޑަކަށް 120 މީހުން ބޯޓުގައި ތިބިކަމަށް ލަފާކުރެވޭ ކަމަށް

ޔުގެންޑާގެ ކޯރެއް ކަމަށްވާ, ލޭކް ވިކްޓޯރިއާއަށް ބަންޑުންވި ބޯޓުގައި ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 10 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާކަމަށް ޔުގެންޑާގެ ފުލުހުން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 40 މީހުން ސަލާމަތް ކޮށްފައިވާކަމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔުގެންޑާ ފުލުހުން ބުނެއެވެ. 

 

މި ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު ކަށަވަރު ކުރެވިފައި ނުވާއިރު، އެ ޤައުމުގެ ބައެއް މީޑިއާތަކުން ބުނަނީ ގާތްގަނޑަކަށް 120 މީހުން ބޯޓުގައި ތިބިކަމަށް ލަފާކުރެވޭ ކަމަށެވެ.

ޔުގެންޑާގައި ފަހަކަށް އައިސް ކަނޑުގެ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުޤީގު ކުރަމުންދާ ކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް