ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 19:39
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ
ޓްވިޓަރ
ޕައުލް ޕޮގްބާ
ޕޮގްބާ ހޯދުމުގެ ރޭހުގައި އިންޓަ ވެސް ބައިވެރިވެއްޖެ
ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ގައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ހޯދުމުގެ ރޭހުގައި އިންޓަމިލާން ވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މިރާ އިން ބުނީ ޕޮގްބާ ހޯދުމަށް އިންޓަ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ ބެލުމަށް އިންޓަ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕޮގްބާ ހޯދުމަށް އިންޓަ އިން މަސައްކަތް ފަށާފައި ވަނީ އޭނާ ހޯދުމަށް ޔުވަންޓަސް އިން ވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. ޔުނައިޓެޑާ އެކު ޕޮގްބާ ހާދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާއަކު 290،000 ޕައުންޑެވެ.

އެހެން ނަމަވެސް އެ މުސާރަ 400،000 ޕައުންޑަށް އިތުރު ކުރުމަށް ޕޮގްބާ ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޕޮގްބާ ކިޔާ މުސާރަ ބޮޑުވުމުން ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން އާކުރަން ޔުނައިޓެޑުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 103 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ޕޮގްބާ ވަނީ ޔުވަންޓަސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 178 މެޗުގައި 34 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން، އެ ޓީމާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު، ކޮޕާ އިޓާލިއާ ދެ ފަހަރު އަދި އިޓާލިއަން ސުޕާކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 64 މެޗު ކުޅެ 10 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް