ކ. މާލެ
|
23 ނޮވެންބަރ 2018 | ހުކުރު 18:11
ލިވަޕޫލަށް ކުޅެމުން އަންނަ ސާޑިއޯ މާނޭ
ލިވަޕޫލަށް ކުޅެމުން އަންނަ ސާޑިއޯ މާނޭ
ޓްވިޓަރ
ސާޑިއޯ މާނޭ
ލިވަޕޫލްގެ އެއްބަސްވުން މާނޭ ފަސް އަހަރަށް އާކޮށްފި
ލިވަޕޫލްގައި މާނޭ 2023 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ޖެހޭނެ

ލިވަޕޫލްގެ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ސެނަގަލްގެ ފޯވާޑް ސާޑިއޯ މާނޭ ފަސް އަހަރަށް އާކޮށްފިއެވެ.

ގިނަ ކްލަބްތަކުން ފާރަލަމުންދިޔަ މާނޭ ލިވަޕޫލްއާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އޭނާ އަށް ލިބޭ މުސާރަ ސާފު ނުވި ނަމަވެސް އޭނާ އެ ކްލަބުގައި 2023 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެ ކަން ވަނީ ކަށަވަރުކުރެވިފައެވެ.

ލިވަޕޫލްގެ އެއްބަސްވުން އާކުރުމަށްފަހު މާނޭ ބުނީ އެއްބަސްވުން އާކުރެވުމުން ވަރަށް އުފަލުން ހުރި ކަމަށާއި، ކްލަބާއެކު އިތުރު ކާމިޔާބީތައް ހޯދުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ސައުތްހެމްޕްޓަން ދޫކޮށްލުމަށް ފަހު 2016 ވަނަ އަހަރު 34 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާނޭ ލިވަޕޫލް އަށް ބަދަލުވިއިރު، އޭނާ އަކީ އޭރު އެފްރިކާގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

ލިވަޕޫލް އަށް މި ސީޒަނުގައި ކުޅުނު 14 މެޗުގައި ހަތް ލަނޑު ކާމިޔާބު ކޮށްފައިވާ މާނޭ ވަނީ އޭނާ މިހާތަނަށް އެޓީމަށް ކުޅުނު 87 މެޗުގައި 40 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ހޯދި މާނޭ ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް