ކ. މާލެ
|
24 ނޮވެންބަރ 2018 | ހޮނިހިރު 19:10
ލައިބްރަރީ
ލައިބްރަރީ
މުހައްމަދު ޝަރުހާން
މިސްރު - ސަލަފީން
ސަލަފީންނަށް ނިސްބަތްވާ އިލްމުވެރިންގެ ފޮތްތައް މިސްރުގެ މިސްކިތްތަކުން ނަގަނީ
ލައިބްރަރީތަކަށް ނިސްބަތްވާ 7000 ފޮތާއި ސީޑީ މިހާތަނަށް މިސްރުގެ ދީނީ ކަންކަމާއިބެހޭ ވުޒާރާއިން ނަގާފައިވޭ
ބައެއް މުސައްނިފުންގެ ތެރޭގައި އައްޝައިޚް ޔޫސުފުލް ޤަރްޟާވީ އާއި، އައްޝައިޚް މުހައްމަދު އަލް މަޤްސޫދު ހިމެނޭ
އިމާމް އިބްނު ތައިމިއްޔާ އާއި، އައްޝައިޚް އިބްނު ބާޒްގެ ފޮތްތައް ވެސް މި ކެމްޕޭނުގެ ދަށުން ނެގުމަށް ވަނީ ހަމަޖެހިފައި

މިސްރުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާ އިން ހިންގަމުންދާ ކެމްޕޭނެއްގެ ދަށުން އެ ޤައުމުގެ މިސްކިތްތަކުގެ ލައިބްރަރީގައިވާ ސަލަފީ ޖަމާއަތަށް ނިސްބަތްވާ އިލްމުވެރިންގެ ފޮތްތައް ނަގަން ފަށައިފިއެވެ.

މިސްރުގެ ނޫހަކުން ބުނެފައި ވަނީ އެޤައުމުގެ ރަށެއް ކަމުގައިވާ ކައިރޯ އާއި، ޖީޒާގެ އިތުރުން އިސްކަންދަރިއްޔާގެ ލައިބްރަރީތަކަށް ނިސްބަތްވާ 7000 ފޮތާއި ސީޑީ މިހާތަނަށް މިސްރުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާ އިން ނަގާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ނަގާފައިވާ ބައެއް ފޮތްތައް ލިޔެފައިވާ މުސައްނިފުންގެ ތެރޭގައި އައްޝައިޚް ޔޫސުފުލް ޤަރްޟާވީ އާއި، އައްޝައިޚް މުހައްމަދު އަލް މަޤްސޫދު ހިމެނޭކަމަށް މި ނޫހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިމާމް އިބްނު ތައިމިއްޔާ އާއި، އައްޝައިޚް އިބްނު ބާޒް އާއި، އައްޝައިޚް މުހައްމަދު އިބްނު އަބްދުލް ވައްހާބުގެ ފޮތްތައް ވެސް މި ކެމްޕޭނުގެ ދަށުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިސްރުގެ ދިނީ ކަންކަމާއި ބެހޭ ވުޒާރާ އިން މިހާރު ދަނީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރުތައް ފަތުރާ ފޮތްތަކާއި އެފަދަ ވަސީލަތްތައް އެ ޤައުމުގެ އެކި މިސްކިތްތަކާއި ލައިބްރަރީތަކުގައި ހުރިތޯ ބަލައި ފާސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް