ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 01:03
އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާއެކު ނަތަންޔާހޫގެ ސަރުކާރުން ވަނީ މި ގާނޫނު ފާސްކުރުމުގެ މަސައްކަތް އަވަސްކޮށްފައި
އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާއެކު ނަތަންޔާހޫގެ ސަރުކާރުން ވަނީ މި ގާނޫނު ފާސްކުރުމުގެ މަސައްކަތް އަވަސްކޮށްފައި
ގޫގުލް
އިސްރާއީލް ފަލަސްތީނު މައްސަލަ
ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
އިރުމަތީ ގުދުސްއަކީ މުސްތަގުބަލުގައި ފަލަަސްތީނުގެ ވެރިރަށް ކަމަށް ފަލަސްތީނުން ބުނޭ
މިގާނޫނަކީ ބިން ވަގަށް ނެގުން ހުއްދަކުރާ ގާނޫނެއް ކަމަށް ފަލަސްތީނުން ބުނޭ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮތް ފަލަސްތީނުގެ ރައްޔިތުންނަށް މިލްކު ކޮށްދީފައިވާ ބިންތަކުގައި އިސްރާއީލުން 4000 ހެއްހާ ގެދޮރު އާބާދުކުރުން ހުއްދަކުރާ ބިލް އިސްރާއީލުން ފާސްކޮށްފިއެވެ.

މި ގާނޫނުގެ ދަށުން އިސްރާއީލުގެ ބިންވެރިންނަށް ބިމުގެ ބަދަލުގައި މާލީ ބަދަލެއް ދެވޭނެއެެވެ.

ފަލަސްތީނުގެ އޮފިޝަލުންވަނީ މި ބިލް ކުށްވެރިކޮށް މިއީ ބިން ވަގަށް ނެގުން ހުއްދަކުރާ ގާނޫނެއްކަމަށް ބުނެފައެވެ.

އިސްރާއީލުގައިވެސް މި ބިލްގެ މައްސަލައިގައިވަނީ ޚިޔާލު ތަފާތުވެފައެވެ.

އިސްރާއީލުގެ އެޓާނީ ޖެނެރަލްވެސް ވިދާޅުވެފައިވަނީ މިއީ ގާނޫނުއަސާސީއާ ޚިލާފް ބިލެެއްކަމަށާއި ސުޕްރީމް ކޯޓުގައި އޭނާ އެ ގާނޫނު ދިފާއު ނުކުރައްވާނެކަމަށެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންފަހުން މި ގާނޫނު ފާސްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވެއެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި ހިފި ފަހުން މިހާތަނަށް 140ށް ވުރެ ގިނަ ފަހަރުމަތިން ގެދޮރު ބިނާކޮށް، އެތަންތާނގައި 600،000 އަށްވުރެ ގިނަ ޔަހޫދީން ދިރިއުޅެމުންދެއެވެ.

އިރުމަތީ ގުދުސްއަކީ މުސްތަގުބަލުގައި ފަލަަސްތީނުގެ ވެރިރަށް ކަމަށް ފަލަސްތީނުން ބުނަމުންދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް