ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 19:50
ޓީސީ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ލީގު ހޯދުމަށް ޓީސީ ބޭނުންވަނީ އެންމެ ޕޮއިންޓެއް!
ޓީސީ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ގެ ހަތަރު ލަނޑުން ނިލަންދޫ އާއި ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބް ބޮޑު މޮޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ނިލަންދޫއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޓީސީ އޮތީ ކުޅުނު 14 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް 14 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ޓީސީ އާއި މާޒިޔާއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ދެން ކޮންމެ ޓީމަކަށް އޮތީ ދެ މެޗެވެ. އެގޮތުން އެއް ޕޮއިންޓް އިތުރަށް ހޯދައިގެންވެސް ޓީސީއަށް ލީގު ޗެމްޕިއަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

ނިލަންދޫއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ތިން ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި ހާފުގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ދަގަނޑޭ، އައްޒާމް އަބްދުﷲ އަދި އިޝާން އިބްރާހިމްއެވެ.

ދެވަނަ ހާފްގައި ޓީސީއަށް ދަގަނޑޭ ތިން ލަނޑު ކާމިޔާބުކޮށްފައިވާއިރު، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދަގަނޑޭއެވެ.

ޓީސީގެ ފަރާތުން މި ސީޒަނުގައި މޮޅު ކުޅުމެއް ފެންނަމުންދާއިރު، އެޓީމު ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ބާކީ 13 މެޗު އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް