ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 20:12
ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް
ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް
ގެޓީ އިމޭޖަސް
މާކަސް ރަޝްފޯޑް
ރަޝްފޯޑް ހޯދުމަށް ރެއާލުން މަސައްކަތް ކުރަނީ!
ރަޝްފޯޑަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް ހޯދުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަން އިން ބުނީ ރެއާލުން ރަޝްފޯޑް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓްރާންސްފާގެ ވާހަކަތައް ފެށުމަށް ރަޝްފޯޑްވެސް ތައްޔާރަށް ހުރި ކަމަށެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ދަތިވެފައިވާ ރަޝްފޯޑް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު އަދި އިޓަލީ ލީގުގެ ޓީމުތައްވެސް ހިމެނެއެވެ.

ދާދި ފަހުން ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އިންގްލޭންޑްގެ ފުޓުބޯޅަ ލެޖެންޑް ފާޑިނެންޑް ބުނީ ރަޝްފޯޑް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، މޮރީނިއޯގެ އިރުޝާދުގެ ދަށުން ރަޝްފޯޑަށް ކުޅެން ގިނަ ވަގުތު ލިބޭ ކަމަށެވެ.

އެހެންނަމަވެސް ފާޑިނެންޑް ބުނީ ރަޝްފޯޑްގެ މިހާރުގެ އުމުރަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ފުރުސަތު ނުލިބޭނަމަ މާޔޫސްވާ އުމުރެއް ކަމަށާއި، ރަޝްފޯޑްގެ ހުނަރު ދަނޑުމަތިން ފެންނަންޖެހޭ ކަމަށެވެ.

ރަޝްފޯޑް މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ 13 މެޗެވެ. އޭގެ ތެރެއިން ނުވަ މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު މެޗުތަކެވެ.  

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި އުމުރުން 21 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 134 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑް ގައުމީ ޓީމާއެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި ރަޝްފޯޑް ވަނީ އެޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް