ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 19:03
ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު: ވިކްޓްރީ މެޗަށް ހާޒިރު ނުވި!
ވިކްޓްރީ އަށް އެފްއޭއެމުން ފިޔަވަޅު އަޅާނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ހާޒިރު ނުވުމުން މެޗު ކެންސަލް ކޮށްފިއެވެ.  

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީގަލްސްގެ މެޗަށް ވިކްޓްރީގެ 14 ކުޅުންތެރިން ތިބީ ހާޒިރުވާ ގޮތަށެވެ. އެހެންނަމަ ވެސް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އޭގެ ތެރެއިން ހަތަރު ކުޅުންތެރިޔަކަށް އާދެވޭ ގޮތް ނުވެއެވެ. އެގޮތުން މެޗު ކުޅެން ހާޒިރުވީ 8 ކުޅުންތެރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިކްޓްރީގެ އާދަމް އިޝާން އަނިޔާގައި ހުރިއިރު ހުސެއިން ނިހާން އަދި ހުސެއިން ޝިހުބާން ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ޔޯކުއިން ގާސިއާ ވަނީ ކްލަބް ދޫކޮށް ފުރައިފަ އެވެ.

ވިކްޓްރީ މެޗަށް ހާޒިރުނުވުމުން، މި މެޗުން އީގަލްސް މޮޅުވީ ކަމަށް ބަލައި ފައިދާ ދެ ގޯލް އެޓީމަށް ވަނީ ލިބިފަ އެވެ. އަދި އެފްއޭއެމުން މައްސަލަ ބަލައި ވިކްޓްރީ އަށް އަދަބު ދޭނެ އެވެ.

މިއީ މިފަހަރު ލީގުގައި ވިކްޓްރީ ހާޒިރުނުވި ދެވަނަ މެޗެވެ. މީގެކުރިން ކެންސަލް ކޮށްފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅެން ހަމަޖެހިފައި އޮތް މެޗަށެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ވިކްޓްރީ އަށް މާލީ މައްސަލަ ދިމާވެ ކުޅުންތެރިންނަށް މުސާރަ ދީފައި ނުވާއިރު، ލީގުގައި މި މަހުގެ 8 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅުނު ފަހުން ވިކްޓްރީން 11 ކުޅުންތެރިން ހަމަވެގެން އެންމެ ޕްރެކްޓިހެއް ވެސް ނުކުރެ އެވެ.

ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. މި ދެ ބޭފުޅުން މަގާމަށް އިންތިހާބުވީ މި އަހަރުގެ މާޗު މަހުއެވެ. އެހެންނަމަ ވެސް ޓީމަށް ފައިދާތަކެއް ހޯދައި ނުދެވި ދެބޭފުޅުން ވެސް ވަނީ މިދިޔަ އޮކްޓޫބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް