ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 21:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ
ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
ކޮމިޝަން އުފައްދަވާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން
މި ކޮމިޝަނުގައި ޖުމުލަ 5 މެމްބަރުން ހިމެނެއެވެ
ކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަލްފާޟިލް އަޙްމަދު އަސްޢަދު
މިއީ ޖިނާއީ މައްސަލަތައް ތަޙުޤީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާނެ ކޮމިޝަނެއް

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ދައުލަތުން ގެއްލިފައިވާ ފައިސާއާއި ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުންވެފައިވާ ޙިޔާނާތުގެ މައްސަލަތައް ތަޙުޤީގު ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

"ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ހުވާކުރެއްވި ދުވަހު އުފައްދަވާފައިވާ މި ކޮމިޝަނުގައި ޖުމުލަ 5 މެމްބަރުން ހިމެނެއެވެ. އޭގެތެރޭގައި އަޙްމަދު އަސްޢަދުއާއި، ޢާޞް ޢަބްދުﷲ އާއި، ނަދީމް އިބްރާހީމްއާއި، ޢާއިޝަތު ޙަނާ ވަޙީދު އަދި ފާޠިމަތު ސަރީރާ ޢަލީ ޝަރީފު ހިމެނިވަޑައިގަންނަވައެވެ.

މި ކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދުއެވެ.

މި ކޮމިޝަނަކީ މައްސަލަތަކާއި ގުޅިގެން ތަޙުޤީގީ އިދާރާތަކުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާނެ ކޮމިޝަނެއް ކަމުގައި ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ކޮމިޝަނުގެ އިތުރުން ސިޔާސީ ހައްޔަރީން މިނިވަންކުރުމާބެހޭ ކޮމިޓީއަކާއި، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނެއްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުފައްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް