ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 16:50
The San Juan vanished in November 2017 on its way to its base
The San Juan vanished in November 2017 on its way to its base
ގޫގުލް
އާާޖެންޓީނާ
ގެއްލުނުތާ އަހަރެއް ފަހުން އާޖެންޓީނާގެ އަސްކަރީ ސަބްމެރިން ކަނޑުގެ އަޑިން ފެނިއްޖެ
އޭ.އާރ.އޭ ސަން ޔުއާން ގެއްލިފައިވާތާ އަހަރެއް ފަހުން މިދިޔަ ހުކުރު ދުވަހު ހޯދައިފި
ޖުމުލަ 44 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މި އުޅަނދު ގެއްލިފައި ވަނީ މި ދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި
އުޅަނދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އޭގެ ބައިތައް ނެގުމަށް 7 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނޭ

އާޖެންޓީނާގެ އަސްކަރީ ސަބްމެރިން އެއް ކަމަށްވާ އޭ.އާރ.އޭ ސަން ޔުއާން ގެއްލިފައިވާތާ އަހަރެއް ފަހުން މިދިޔަ ހުކުރު ދުވަހު ހޯދައިފިއެވެ.

ޖުމުލަ 44 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މި އުޅަނދު ގެއްލިފައި ވަނީ މިދިޔަގެ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.

ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމަށް މަސައްކަތްކުރާ ޓީމުގައި ވެސް ހިމެނޭ އެމެރިކާގެ އުޅަނދަކުން މި ސަބްމެރިންގެ ބައިތައް ހޯދާފައި ވަނީ ޕެނިސުލާގެ ކަނޑު އަޑިންނެވެ. އެއީ ސަބްމެރިން ގެއްލުނުކަމަށް ކުރިން ރިޕޯރޓް ކުރެވިފައިވާ ސަރަހައްދާއި 100 މޭލު ދުރުން ކަމަށް އާޖެންޓީނާގެ އަސްކަރިއްޔާ އިން މައުލޫމާތުދެއެވެ.

މި އުޅަނދު ފެނިފައިވާ ނަމަވެސް އުޅަނދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އޭގެ ބައިތައް ނެގުމަށް 7 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި އުޅަނދަށް ވެފައިވާ ގޮތުގެ ތަފްސީލް ހޯދުމަށް މުހިއްމު ތަޙުޤީގުތަކެއް ކުރާނެ ކަމަށް އާޖެންޓީނާގެ ރައީސް މޮރީސިއޯ މެކްރީ ވައުދުވެވަޑައިގެންފައި ވާއިރު މި ހާދިސާގައި ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތައް ވަނީ ހާދިސާ އަށް އެއް އަހަރު ފުރުމާއި ގުޅިގެން ހަނދާން އައު ކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް