ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމާއި ގުޅިގެން މާދަމައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.
އާދީއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ކަނޑައެޅުއްވީ، އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުމުގެ އުފަލުގަ އެވެ.
އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑާއަޅާފައިވާއިރު އަންނަ އަންގާރަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އެދުވަހަކީ ކީރިތި ރަސޫލާގެ އީދުމީލާދީ ދުވަހެވެ.