ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 04:36
އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ
އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ
ރޮއިޓަރސް
އާރޮން ރަމްސީ
ބަޔާނުން ރަމްސީ އަށް ފާރަލަނީ
އާސެނަލްއާއެކު ރަމްސީ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގައި ހަމަވޭ

ބަޔާން މިއުނިކުން އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ޑެއިލީ މެއިލް އިން ބުނީ ކުރިޔަށް އޮތް ޖެނުއަރި ޓްރާންސްފާގައި ރަމްސީ ހޯދުމަށް ބަޔާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާ އަށް ފާރަލަމުން އަންނަ ކަމަށެވެ. 

ކުރިޔަށް އޮތް ސީޒަނަށްފަހު އާސެނަލްއާއެކު ރަމްސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ބެލެވޭ ގޮތުގައި މި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ. 

ކާޑިފް ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ރަމްސީ ވަނީ އެ ކްލަބަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކާޑިފް ދޫކޮށް ރަމްސީ އާސެނަލް އަށް ބަދަލުވީ 2008 ވަނަ އަހަރެވެ. 

ރަމްސީ ވަނީ އާސެނަލްއާއެކު ހޭދަކުރި 10 ސީޒަނުގައި އެޓީމަށް މިހާތަނަށް ކުޅުނު 343 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ތިން އެފްއޭކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. 

އާސެނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފަވާ ރަމްސީ ވަނީ ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައެވެ. 

މީގެއިތުރުން ރަމްސީ ވަނީ ވޭލްސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 56 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް