ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 11:21
މަހިބަދޫ ދަނޑު ހުޅުވުމުގެ ތެރެއިން
މަހިބަދޫ ދަނޑު ހުޅުވުމުގެ ތެރެއިން
ފޭސްބުކް
މަހިބަދޫ ފުޓުބޯޅަ ދަނޑު
ކުލަގަދަ ރަސްމިއްޔާތަކަށް ފަހު މަހިބަދޫ ދަނޑު ހުޅުވައިފި
މަހިބަދޫ ދަނޑު ހުޅުވީ ޓިސީއާ ދެކޮޅަށް ކުޅުނު މެޗަކުން

ކުލަގަދަ ރަސްމިއްޔާތަކަށްފަހު މަހިބަދޫގައި އެޅި ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. 

މަހިބަދޫ ދަނޑު ހުޅުވާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބް އާއި މަހިބަދޫ އިން ހޮވާލެވޭ ޓީމެއް ބައްދަލުކުރި މެޗަކުންނެވެ. މި މެޗު މަހިބަދޫ ޓީމާ ވާދަކޮށް ޓީސީން ކާމިޔާބުކުރީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 

މި މެޗުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހެޓްރިކް ހަދާފައިވާއިރު، އިބްރާހިމް ވަހީދު ހަސަން އަދި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ލަނޑު ޖަހާފައެވެ.

ޓީސީން މަހިބަދޫ އަށް ކުރާ ދަތުރު ހުކުރު ދުވަހު ފަށާފައިވާއިރު، ޓީސީ އެނބުރި މާލެ އަންނާނީ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ރަށުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ފަހު ހޯމަ ދުވަހު ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ. 

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީއާ އެކު މަހިބަދޫގައި އެޅި މި ފުޓުބޯޅަ ދަނޑުގައި އޭއެފްސީ ކަޕްގެ މެޗުތައްވެސް ކުޅެވޭއިރު، މި ދަނޑާ ގުޅޭ އިތުރު ޕްރޮޖެކްޓްތައް މަހިބަދޫ ސްޕޯޓްސް އިން އަންނަނީ ރާވަމުންނެވެ. އެގޮތުން ލައިޓިން ސިސްޓަމް ހަރުކުރުމާއި، ސިޑި ބަރި އާއި ޗޭންޖިން ރޫމްތައް ހެދުން ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް