އިންޑިއާގެ އުއްތަރަޚާންދަށް ރެކްޓަރމިންގަނޑުން 5.8 ގެ ބާރުމިނުގައި ބިންހެލުމެއް ހޯމަ ދުވަހުގެ ރޭ އަތުވެއްޖެއެވެ.
މި ބިންހެލުމުގެ އަސަރު އުތުރު އިންޑިޔާއަށްވެސް ކޮށްފައިވެއެވެ.
ބިންހެލުން އައި ސަރަހައދުގައި އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ދެ ޓީމަކުން ދަނީ ކުއްލި އެހީއާއި ސަލާމަތީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވަމުންނެވެ.
ބިންހެލުމުގައި ލިބުނު ގެއްލުން އަދި ސާފު ނުވިނަމަވެސް ބިންހެލުން އައި ސަރހައްދުތައް ކަމުގައިވާ އުއްތަރަޚާންދާއި ދެކުނު އިންޑިޔާގެ އަވައްތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އިންޑިޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި ބިންހެލުން އުފެދިފައިވަނީ ފަރުބަދަ މަތީ ސަރަހައްދެއް ކަމަށްވާ ރުޑްރަޕްރަޔާގްއިންނެވެ. ޔޫރަޕްގެ މެޑިޓެރޭނިއަން ސެއިސޮމޮލޮޖިކަލް ސެންޓަރާއި އެމެރިކާގެ ޖިއޮލޮޖިކަލް ސަރވިސްއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ޕިޕަލްކޮޓީ ކައިރިއަށެވެ.