ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 11:09
ފަލަސްތީން އަތި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ފަލަސްތީން އަތި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
ރާއްޖެ - ފަލަސްތީން
ކޮލިފައިންގެ ފަހު މެޗުގައި ފަލަސްތީން އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެ
ފަލަސްތީން އަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުން

ޖަޕާނުގައި 2020 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ ކޮލިފައިން ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފަހު މެޗުން ފަލަސްތީން އަތުން ބަލިވެއްޖެއެވެ.

އަންގާރަ ދުވަހު ގްރޫޕް ޑީގައި ކުޅުނު މެޗުން ފަލަސްތީންއާ ވާދަކޮށް ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ފަލަސްތީނުގައި ކުޅުނު މި މެޗުގައި ފުރަތަ ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ފަދުވާ ޒާހިރުގެ އެހީތެރިކަމާ އެކު މަރިޔަމް ރިފާއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފަލަސްތީނުގެ މައްޗަށް ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފަލަސްތީނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ސާގިއަންއެވެ. ފަލަސްތީނުން ލީޑު ނެގީ 74 ވަނަ މިނެޓުގައި ކަނާނޭ ކާމިޔާބުކުރި ލަނޑުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޖޯޑަން އަތުން 0-6 ގެ ތަފާތު ބޮޑު ނަތީޖާއިން ބަލިވެފައިވާއިރު، ދެވަނަ މެޗުން ބަލިވީ އިންޑޮނޭޝިއާއާ ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

މިއީ ކޮލިފައިން ބުރެއްގައި ރާއްޖޭގެ ސީނިއާ އަންހެން ޓީމު މިހާތަނަށް ހޯދި އެންމެ ރަނގަޅު އެއް ނަތީޖާއެވެ. އެގޮތުން އަންހެން ޓީމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތަކީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސް އަށް އޭޝިއާ ސަރަހައްދުން ކޮލިފައިވާ ދެ ޓީމު ހޮވަން ބާއްވާ މުބާރާތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް