ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 21:57
ރެއާލްގެ ދާއިމީ ކޯޗަކަށް ހަމަޖެއްސި ސޮލާރީ
ރެއާލްގެ ދާއިމީ ކޯޗަކަށް ހަމަޖެއްސި ސޮލާރީ
ރޮއިޓަރސް
ސެންޓިއާގޯ ސޮލާރީ
ރެއާލްގެ ދާއިމީ ކޯޗަކަށް ސޮލާރީ ހަމަޖައްސައިފި
ސޮލާރީ ރެއާލްގައި މަޑުކުރާ މުއްދަތެއް އަދި ނޭގޭ

ރެއާލް މެޑްރިޑްގެ ވަގުތީ ކޯޗުގެ މަގާމު އަދާކުރަމުން އަންނަ ސެންޓިއާގޯ ސޮލާރީ އެޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސަން ނިންމައިފިއެވެ.

ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ރެއާލްއާއެކު ސޮލާރީ ހަދާފައިވާ ވަގުތީ އެއްބަސްވުން ދާއިމީ ކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ރެއާލުން ސޮލާރީގެ ދާއިމީ އެއްބަސްވުމުގެ ލިއުންތައް އެ ފެޑެރޭޝަނަށް ފޮނުވާފައިވާކަން މީޑިއާ އަށް ޔަގީންކޮށްދީފައިވާއިރު، ސޮލާރީ އަށް ދިނީ ކިތަން އަހަރުގެ އެއްބަސްވުމެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި މިކަމާ ބެހޭގޮތުން މިހާތަނަށް ރެއާލުން އަދި ރަސްމީ ސިފައެއްގައި ވާހަކަ ނުދައްކަ އެވެ.

ރެއާލްގެ ވަގުތީ ކޯޗަކަށް ސޮލާރީ ހަމަޖެއްސީ އެ މަގާމުގައި ހުރި ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ކްލަބު ހޯދަމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކުރުމުންނެވެ.

އެގޮތުން އުމުރުން 42 އަހަރުގެ ސޮލާރީގެ އިރުޝާދުގެ ދަށުން މިހާތަނަށް ރެއާލް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުންނެ ވެސް ވަނީ މޮޅުވެފައެވެ.

އެ ހަތަރު މެޗުގައި ރެއާލުން 15 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މިއީ ރެއާލާ އަލަށް ހަވާލުވެ، މިދިޔަ 116 އަހަރުގެ ތެރޭ ގައި އެ ޓީމުގެ ކޯޗަކު ފުރަތަމަ ހަތަރު މެޗުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް